Ads by Exprox

ޚަބަރު

ތޫފާން ކޮންގ-ރޭ ތައިވާނުގެ އިރުމަތީ ސަރަހައްދަށް އަރައިފި

ތޫފާން ކޮންގ-ރޭ ތައިވާނުގެ އިރުމަތީ ސަރަހައްދަށް އަރައިފި

ތޫފާނުގައި ލިބިފައިވާ ބައެއް ގެއްލުން ފޮޓޯ:އަލް ޖަޒީރާާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

31 އޮކްޓޯބަރު 2024، 12:28

31 އޮކްޓޯބަރު 2024، 12:28

ތައިވާނުގެ އިރުމަތީ ސަރަހައްދަށް މިއަދު މެންދުރުފަހު 1:40 ގައި ތޫފާން ކޮންގ-ރޭ އަރައިފިއެވެ. މިއީ ފާއިތުވި 30 އަހަރުގެ ތެރޭގައި ތައިވާނަށް ސީދާ އަސަރުކުރި އެންމެ ވަރުގަދަ ތޫފާނެވެ.

މި ނުރައްކާތެރި ތޫފާނަށް ތައްޔާރުވުމުގެ ގޮތުން، ބުރާސްފަތި ދުވަހު ތައިވާނުގެ އެންމެހައި ތަޢުލީމީ މަރުކަޒުތަކާއި އިދާރާތައް ބަންދުކުރެވުނެވެ. އަދި ވިޔަފާރި މަރުކަޒުތައް ބަންދުކުރެވި، ގިނަ މުދާ ވިއްކިފައިވާކަން ފާހަގަކުރެވެއެވެ.

ތޫފާން ކޮންގ-ރޭގެ ވިންދުގެ ސަރަހައްދު 500 ކިލޯމީޓަރަށްވުރެ ފުޅާވެފައިވެއެވެ. އަދި މީގެ މެދު ސަރަހައްދުގައި ވައި ދުވާ ބާރުމިނަކީ ގަޑިއަކަށް 33 ކިލޯމީޓަރެވެ. މިއީ ކެޓަގަރީ 4 ގެ ތޫފާނެކެވެ.

މި ތޫފާނާއި ގުޅިގެން ސަތޭކައަށްވުރެ ގިނަ ވައިގެ އަދި ކަނޑުގެ ދަތުރުތައް ވަނީ މެދުކަނޑާލެވިފައެވެ. އަދި ތައިވާނުގެ ބާޒާރުވެސް ވަނީ ވަގުތީގޮތުން ހުއްޓާލެވިފައެވެ.

މިފަދަ ވަރުގަދަ ތޫފާނެއް އަހަރުގެ މިފަދަ ފަހު ދުވަސްވަރެއްގައި އައުމަކީ އާދަޔާ ޚިލާފު ކަމެކެވެ. ތައިވާނުގެ މޫސުމާބެހޭ އިދާރާއިން މަޢުލޫމާތު ދެއްވާގޮތުގައި ތޫފާނުގެ މޫސުމަކީ ޖުލައިން ސެޕްޓެމްބަރަށެވެ. ނަމަވެސް މިއަހަރު އޮކްޓޯބަރު މަހުގައި ދެ ވަރުގަދަ ތޫފާން ތައިވާނަށް އަސަރުކޮށްފައިވެއެވެ.

ތައިވާނުގެ ދިފާއީ މިނިސްޓްރީން ވަނީ 36،000 އަށްވުރެ ގިނަ ސިފައިން މީހުން ސަލާމަތްކުރުމުގެ މަސައްކަތަށް ތައްޔާރުކޮށްފައެވެ.

ތޫފާން ކޮންގ-ރޭ އެއްގަމަށް އެރުމަށްފަހު މަޑުމަޑުން ބާރު ކެނޑެމުންދާނެކަމަށް ލަފާކުރެވެއެވެ. އަދި ހުކުރު ދުވަހު ތައިވާނުން ބޭރުވާނެކަމަށް ތައިވާނުގެ މޫސުމާބެހޭ އިދާރާއިން ލަފާކުރައްވައެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco