ދީން

ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ ފާފަވެރިވެދާނެ ކަމެއް: ހުކުރު ޚުޠުބާ

ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ ފާފަވެރިވެދާނެ ކަމެއް:  ހުކުރު ޚުޠުބާ

ހުކުރު ޚުތުބާ އިއްވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 އޮކްޓޯބަރު 2025، 07:31

03 އޮކްޓޯބަރު 2025، 07:31

ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ ފާފަވެރިވެދާނެ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ. 

މިއަދުގެ ޒަމާނަކީ މީސްމީޑިއާގެ ޒަރީއާއިން ވާހަކަތައް ފަތުރައިލުމަށް ވަރަށް ފަސޭހަ ޒަމާނެއްކަމަށާއި، ކުށްހީއެއްގެ މައްޗަށް ބިނާކޮށް ފަތުރާ ވާހަކަތަކުގެ ސަބަބުން މީހުންގެ އަބުރު ގެއްލި ބަދުނާމުވެގެންދާކަން މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުޠުބާގައި ވިދާޅުވި ގޮތުގައި މީސްމީޑިއާގެ މަންސަތައް މެދުވެރިކޮށް ވާހަކައެއް ފަތުރައިލުމަށް މިއަދު ބޭނުންވަނީ ކުޑަ ހިނދުކޮޅެއް ކަމަށާއި ހީއެއްގެ މައްޗަށް ބަހެއް ބުނެ، އޭގެ މައްޗަށް ޢަމަލުކުރުމަކީ، ތިބާ ފާފަވެރިވެދާނޭ ކަމެއް ކަމަށް ބުނެފައިވެއެވެ. 

މީހުން ފަތުރާ ވާހަކަތަކުގެ ދޮގުތެދު ނުބަލައި އަވަސްއަވަހަށް އެފަދަ ވާހަކަތައް ފަތުރައިލުމުގެ ސަބަބުން ނުރަނގަޅު ނަތީޖާތަކެއް ނުކުމެދާނެކަމަށް ޚުޠުބާގައި ބުނެފައިވެއެވެ. އަދި މުސްލިމުންނަކީ އެބައިމީހުންގެ އަޚުންގެ ޢައިބުތައް ފޮރުވާ ބަޔަކަށް ވާންޖެހޭނެ ކަމަށާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔަކަށް މުސްލިމުން ނުވާނެކަން ބަޔާންކުރެއްވިއެވެ.

ޚުޠުބާ ނިންމަވާލެއްވީ މުސްލިމުންނަކީ ސީދާވެގެންވާ ބުނުމަކުން ބަސްބުނާންޖެހޭ ބަޔަކު ކަމަށާއި، އެގޮތަށް ބަސްބުނެ އުޅުމުން މާތްﷲ އެއުރެންގެ ޢަމަލުތައް އިޞްލާޙުކުރައްވައި ފާފަފުއްސަވާނެކަން ހަނދާންކޮށްދެއްވަމުންނެވެ.

 

 

މި ލިޔުން ކިޔާލުމުން