ދީން

މީޒާނުގައި ބަރު، ދޫމައްޗަށް ފަސޭހަ ދެ ކަލިމަ!

މީޒާނުގައި ބަރު، ދޫމައްޗަށް ފަސޭހަ ދެ ކަލިމަ!

ޒިކުރުކުރުން.. ފޮޓޯ: ދަޕްރެސްއެމްވީ

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

07 އޮކްޓޯބަރު 2026، 12:54

07 އޮކްޓޯބަރު 2026، 12:54

އަޅުގަނޑުމެންގެ ދިރިއުޅުމުގެ ދުވެލި ހުރިގޮތުން، ދުވަސް ނިމިގެންދަނީ ކުރަން ހުރި ގިނަ ކަންތައްތަކެއް ނުނިމި، ވަގުތު ކުޑަތަންވެގެންނެވެ. އާއިލީ ޒިންމާތަކާއި، ކިޔެވުމާއި، ވަޒީފާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ތަޅުވެވިފައިވާއިރު، އަޅުކަމަށް ހާއްސަ ވަގުތެއް ހުސްކުރުމަކީ ބައެއް މީހުންނަށް ދަތިކަމަކަށް ވަނީ ވެފައެވެ. ނަމަވެސް، އިސްލާމްދީނުގެ ފުރިހަމަކަމީ، ބޮޑެތި ދަރުމައާއި ސަވާބު ހޯދުމަށްޓަކައި ގިނަ އިރުތަކެއް ވަންދެން މަޑުކުރަން ނުޖެހޭކަމެވެ.

ކީރިތި ރަސޫލާ ﷺ ގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގައިވެއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ:
"كَلِمَتَانِ خَفِيفَتَانِ عَلَى اللِّسَانِ، ثَقِيلَتَانِ فِي الْمِيزَانِ، حَبِيبَتَانِ إِلَى الرَّحْمَنِ: سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ" (ޞަޙީޙު އަލްބުޚާރީ)

(ދޫމައްޗަށް ފަސޭހަ، މީޒާނުގައި ބަރު، އަދި ރަޙްމާންވަންތަ ﷲ ގެ ޙަޟްރަތުގައި ލޯބިވެތިވެގެންވާ ދެ ކަލިމައެއްވެއެވެ. އެއީ: "سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ" އެވެ.)

މި ކުޑަކުޑަ ޒިކުރު ކިޔާލުމަށް ހޭދަވަނީ އެންމެ ސިކުންތު ކޮޅެކެވެ. މިއީ ކިހައި ފަސޭއިން އަޅުގަނޑުމެންނަށް ކުރެވިދާނެކަމެއްތޯއެވެ. ވަޒީފާގައި އިންނަ ވަގުތު، މަގުމަތީގައި ހިނގާފައި ދާއިރު ނުވަތަ ދުއްވައިފައިދާ ވަގުތުގައި ވެސް މިފަދައިން ކިޔާލެވިދާނެ ނޫންތޯއެވެ. އަޅުގަނޑުމެންގެ ހުސްވަގުތުތަކާއި އަވަދިނެތިވެ އުޅޭ ވަގުތުތަކުގައި ވެސް ހެޔޮކަމެއްގެ މަތީގައި ތިބެވިދާނެއެވެ.

ހެޔޮކަމެއް ކުރާކަށް ، ހެޔޮކަމެއް ހޯދާކަށް ހުސްވަގުތު ލިބުން އެއީ ލާޒިމުކަމެއް ނޫނެވެ. އިޚްލާޞްތެރިކަމާއެކު ކޮށްލެވޭ މިފަދަ ކަންކަމީ މީޒާނުގައި ބަރު އަދި ޙަޔާތަށް އޭގެ ސަބަބުން ހެޔޮ އެތައް ބަދަލެއް ގެނެސްދޭނެ ކަންކަމެވެ. ހިތްހަމަޖެހުމާއި އުފާވެރިކަމުގެ އިހްސާސް ހަޔާތަށް ބަންޑުންކޮށްލައިދޭނޭ އަޅުކަމެކެވެ.

ހެޔޮކަމެއް ކުރުމަށްޓަކައި ހާއްސަ ވަގުތަކަށް އިންތިޒާރުކުރުމުގެ ބަދަލުގައި، އަޅުގަނޑުމެންގެ އާދައިގެ ދުވަހީ ހަރަކާތްތަކުގެ ތެރެއިން މާތް ﷲ ހަނދުމަކުރުމަކީ، އާޚިރަތް ބާއްޖަވެރިކުރުމަށް އޮތް އެންމެ ކުރު އަދި އެންމެ އަލިގަދަ މަގެވެ.

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450