ޚަބަރު
އައިއެސްޑީބީ ފަންޑުން މިފްކޯގެ ޕެކިންގ ފެސިލިޓީތަކަށް ފައިސާ ހަމަޖެހިއްޖެ
ވަޒީރު އަޙްމަދު ޝިޔާމް ފޮޓޯ:މޯލްޑިވްސް ޖަރނަލް
އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގެ ފަންޑަށް ހުށަހެޅި އައު ޕްރޮޕޯސަލްތަކަށް ފައިސާ ލިބުމާއެކު، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ރާވާފައިވާ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް މަގުފަހިވެއްޖެއެވެ.
މި ފަންޑުގެ ދަށުން އައްޑޫ ސިޓީގައި ޤާއިމްކުރާ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ލ. ކޫއްޑޫ އަދި ކ. ފެލިވަރުގައި މަސްވެރިންނަށް ބޭނުންވާ އެކަމަޑޭޝަން ވަސީލަތްތައް ޤާއިމްކުރުމުގެ މަސައްކަތްވެސް މި ފަންޑުގެ ދަށުން ކުރިއަށް ގެންދެވޭނެއެވެ.
މީގެއިތުރުން ބޮޑުކަންނެލި މަސްވެރިންނަށް އަމާޒުކޮށްގެން ހުޅުމާލޭގައި ޤާއިމްކުރުމަށް ރޭވިފައިވާ ޕެކިންގ ފެސިލިޓީއަށްވެސް އައިއެސްޑީބީ ފަންޑުގެ ދަށުން ފައިސާ ހަމަޖެހިފައިވާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
މި މަޝްރޫޢުތައް ފެށުމުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ބޮޑު ކުރިއެރުމެއް ލިބި، މަސްވެރިންނަށް ލިބޭ ޚިދުމަތްތައް ފުޅާވެގެންދާނެ އެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުވެ، އިޤްތިޞާދަށް ފައިދާކުރާނެ އެވެ.
އައިއެސްޑީބީ ފަންޑަށް އައު ޕްރޮޕޯސަލްތައް ހުށަހަޅައިގެން މިފްކޯއަށް ހަމަޖެހިފައިވާ ފެސިލިޓީގެ ތެރެއިން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތަކާއި، ކޫއްޑޫއާއި ފެލިވަރުގައި އަޅަންޖެހޭ އެކޮމަޑޭޝަންގެ މަސައްކަތްތައް ކުރުމަށްވަނީ ހަމަޖެހިފައި.
— Ministry of Fisheries and Ocean Resources (@MFORmv) October 31, 2024
އޭގެ އިތުރުން ބޮޑު ކަންނެލި… pic.twitter.com/tTkCkzJ3hZ