Ads by Stelco

ޚަބަރު

ހދ. މަކުނުދޫ އިރު ދެކުނުން 4 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމުކޮށްފި

ހދ. މަކުނުދޫ އިރު ދެކުނުން 4 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމުކޮށްފި

ހދ. މަކުނުދޫ އިރު ދެކުނުން 4 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމުކުރުން. / ތަޞްވީރު: މަސްވެރިކަމާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

06 އޮކްޓޯބަރު 2025، 03:17

06 އޮކްޓޯބަރު 2025، 03:17

ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ އިރު ދެކުނުން 4 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމުކޮށްފިއެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، މި ވަދު ކަނދުފަތީގެ ނަންބަރަކީ D08V02އެވެ. އަދި މި ކަނދުފަތި ޤާއިމުކޮށްފައިވާ ލޮކޭޝަނަކީ:

000°.06.20'N

700°.72.43'E

މިއެވެ.

ރާއްޖޭގެ ކަނޑުގެ އެކި ޙިސާބުތަކުގައި ކަނދުފަތި ޤާއިމުކުރުމަކީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ޚާއްޞަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. ދޮށީ ކަނދުފަައްޗާއި، ވަދު ކަނދުފަތި ޤާއިމުކުރުމާއި، ވިއުގާ ބެލެހެއްޓުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި ކަނދުފަތި ޤާއިމުކުރުމުގެ މަޤުޞަދަކީ، އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއެރުވުން ކަމުގައި ވުޒާރާއިން ހާމަކުރެއެވެ. މި ވަދު ކަނދުފަތި ޤާއިމުކުރުމާ ގުޅިގެން، އެ ސަރަޙައްދުގެ މަސްވެރީންނަށް (ޚާއްޞަކޮށް ޒުވާން މަސްވެރީންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް) ވަރަށް ބޮޑަށް ފަހިވެގެންދާނެ ކަމަށް ލަފާކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން