Ads by Stelco

ޚަބަރު

ރޭ ނިލަންދޫގައި ރޯވި އަލިފާން ކާމިޔާބުކަމާއެކު ވަނީ ނިއްވާލައިފައި

ރޭ ނިލަންދޫގައި ރޯވި އަލިފާން ކާމިޔާބުކަމާއެކު ވަނީ ނިއްވާލައިފައި

ރޭ ފ. ނިލަންދޫގައި ރޯވި އަލިފާންގަނޑު.

farudhun logo

ފަރުދުން

07 އޮކްޓޯބަރު 2025، 02:52

07 އޮކްޓޯބަރު 2025، 02:52

ފ. ނިލަންދޫގައި ރޭ އިރު އޮއްސުނު ވަޤުތު ހިނގި އަލިފާންގަނޑު އެމް.އެން.ޑީ.އެފް.އިން ވަނީ ކާމިޔާބުކަމާއެކު ނިއްވާލައިފައެވެ. އަލިފާން ނިއްވުމުގައި ޙަރަކާތްތެރިވެފައިވަނީ، އެމް.އެން.ޑީ.އެފް. ސެންޓްރަލް އޭރިއާ ކޮމާންޑް، ފ. ނިލަންދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ކަމަށް އެމް.އެން.ޑީ.އެފް.އިން ހާމަކުރެއެވެ.

ޤައުމީ ދިފާޢީ ބާރުން ހާމަކޮށްފައިވާ ގޮތުގައި، ރޭ ނިލަންދޫގައި ހިނގި އަލިފާނުގެ ޙާދިޘާގެ މަޢުލޫމާތު ސެންޓްރަލް އޭރިއާ ކޮމާންޑް، ފ. ނިލަންދޫ ފަޔަރ ސްޓޭޝަނަށް ލިބިފައިވަނީ ރޭ 18:30ހައި އިރުގައެވެ. މި ކަމުގެ މަޢުލޫމާތު ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަޙައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މި ގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން، އަލިފާން ކޮންޓްރޯލްކޮށް، 19:10ގައި އަލިފާން އެއްކޮށް ނިއްވާލެވިފައިވާ ކަމަށް އެމް.އެން.ޑީ.އެފް.އިން ބުނެއެވެ.

 މި ޙާދިޘާ ހިނގަން މެދުވެރިވި ސަބަބަކީ، ނިލަންދޫ ފެނަކަ އޮފީސް ކައިރީ ހުރި ފައިބަރު ކުނިތަކެއްގައި ހުޅު ހިފުން ކަމުގައި މަޢުލޫމާތު ލިބެއެވެ.

މި ޙާދިޘާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަން، ޤައުމީ ދިފާޢީ ބާރުން ވަނީ ކަށަވަރުކޮށްދީފައެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން