ދުނިޔެ

ތަޞްވީރެއްގެ ތެރެއިން އެތައް ތަޞްވީރެއް: ޣައްޒާގެ ހިތާމަވެރި ޙާލަތު ދައްކުވައިދޭ މޮޒެއިކް ފޮޓޯ

ތަޞްވީރެއްގެ ތެރެއިން އެތައް ތަޞްވީރެއް: ޣައްޒާގެ ހިތާމަވެރި ޙާލަތު ދައްކުވައިދޭ މޮޒެއިކް ފޮޓޯ

ޣައްޒާގެ ހިތާމަވެރި ޙާލަތު ދައްކުވައިދޭ މޮޒެއިކް ފޮޓޯ. / މަޞްދަރު: އަލް-ޖަޒީރާ

farudhun logo

ފަރުދުން

07 އޮކްޓޯބަރު 2025، 03:37

07 އޮކްޓޯބަރު 2025، 03:37

އިސްރާއީލުން ޣައްޒާ ޙިޞާރުކޮށް، ފަލަސްޠީނު މީހުންނަށް ނުޙައްޤުން އަނިޔާކުރާތާ އެތައް ޒަމާނެއް ވަނީ ވޭތުވެފައެވެ. މީގެ ތެރެއިން ވެސް، 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ފެށުނު ހަނގުރާމައަކީ، ޣައްޒާގެ ޙާލަތު އިތުރަށް ގޯސްވުމުގެ ފެށުމެވެ.

މިއަދަކީ، ފަލަސްޠީނުގެ މުޤާވަމާ (ރެޒިސްޓެންސް) ޖަމާޢަތް ކަމުގައިވާ ޙަމާސްއާއި، ޔަހޫދީ އިސްރާއީލާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައަށް 2 އަހަރު ފުރުނު ދުވަހެވެ. މި 2 އަހަރުގެ ތެރޭގައި އިސްރާއީލުން ޣައްޒާގައި ޤަތުލު ޢާންމު ހިންގައި، ބޮލަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ކުޑަކުދީންނާއި އަންހެނުން ރަޙުމުކުޑަ ގޮތަކަށް ވަނީ މަރާލައިފައެވެ. ބައިނަލްއަޤްވާމީ ޤަވާޢިދާއި ޤާނޫނުތަކާ ޚިލާފުވެ، ހިތަށް އެރިހައި ގޮތަކަށް ވަނީ ޢަމަލުކޮށްފައެވެ. ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ ޟަރޫރީ ކާބޯތަކެއްޗާއި، ބޭސްފަރުވާގެ ވަސީލަތްތަކާއި، އެހެނިހެން ތަކެތި މަނާކޮށް، ނުހަނު ދަތިކަން ވަނީ ކުރިމަތިކުރުވާފައެވެ.

2 މިލިޔަނެއްހައި މީހުން ދިރިއުޅޭ ޣައްޒާގެ އަހުލުވެރީންނަށް، ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ކުރިމަތިވެފައިވާ އަނިޔާވެރިކަމުގެ ތެރެއިން، 30،000އަށް ވުރެ ގިނަ ފޮޓޯ ނަގާފައިވާ ކަމަށް، އަލް-ޖަޒީރާގެ ލިޔުންތެރިޔަކު ކަމުގައިވާ މުޙައްމަދް ޙައްދާދް ވަނީ ހާމަކުރައްވާފައެވެ. މި ގޮތުން، އަދު މި ހަނގުރާމައަށް 2 އަހަރު ފުރުމާ ގުޅިގެން، އަލް-ޖަޒީރާއިން ވަނީ، ޣައްޒާގެ މަޡުލޫމުންގެ ވޭނާއި ނިކަމެތި ޙާލަތު ދައްކުވައިދޭ ޚާއްޞަ ތަޞްވީރެއް ތައްޔާރުކޮށްފައެވެ. އެ ތަޞްވީރުގައި، ޣައްޒާގެ ކުދިބޮޑު ފަރުދުންގެ 2000އެއްހައި ފޮޓޯ ހިމަނާފައިވެއެވެ. އެ ހުރިހައި ތަޞްވީރެއް އެކުވުމުން އުފެދެނީ، ބޮޑު އެއް ތަޞްވީރެވެ. އެ ބޮޑު ތަޞްވީރުން ފެންނަނީ، މަޔަކު އޭނާގެ ދަރިފުޅުގެ ކަފުންކޮށްފައިވާ ހަށިގަނޑުގައި ބައްދާލައިގެން، ކަރުނައަޅައި ރޯ ތަނެވެ. އަލް-ޖަޒީރާގެ ވެބްސައިޓަށް ވަދެ، މި ތަޞްވީރުގެ ވަކިވަކި ފޮޓޯތަކަށް ފިތާލުމުން، ކޮންމެ ފޮޓޯއެއް ވަކީން ބޮޑުކޮށްލެވޭނެއެވެ.

އެ މޮޒެއިކް ފޮޓޯގެ ބޮޑު ތަޞްވީރުގެ އަޞްލު ފޮޓޯ ތިރީގައި އެ ވަނީއެވެ.

{{ img - 11514 - 1 }}

މީގެ އިތުރުން، މި ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ މީހުންނަށް ކުރިމަތިވެފައިވާ ދަތިތަކާއި، އެ މީހުންގެ މޫނުމަތީގެ ޝުޢޫރުތައް ދައްކުވައިދޭ 1000އަށް ވުރެ ގިނަ ފޮޓޯ އެކުލެވޭ ވީޑިޔޯއެއް ވެސް އަލް-ޖަޒީރާއިން ވަނީ ތައްޔާރުކޮށްފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން