Ads by Stelco

ޚަބަރު

އޮމަދޫގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ފަށައިފި

އޮމަދޫގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ފަށައިފި

އޮމަދޫގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ފެށުން.

farudhun logo

ފަރުދުން

07 އޮކްޓޯބަރު 2025، 05:06

07 އޮކްޓޯބަރު 2025، 05:06

އަރިއަތޮޅު ދެކުނުބުރީ އޮމަދޫގައި ބިނާކުރާ ފުލުހުންގެ މަރުކަޒުގެ އައު ޢިމާރާތުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި މަސައްކަތް ޢަމަލީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އ.ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އޮމަދުއަށް ކުރެއްވި ޒިޔާރަތްފުޅުގައެވެ.

މި މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ލިމިޓެޑް (އެމް.ޓީ.ސީ.ސީ.)އާއެވެ.

އޮމަދޫގައި ތަރައްޤީކުރާ ފުލުހުންގެ މަރުކަޒުގެ އައު ޢިމާރާތުގެ ބިންގައު އަޅުއްވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާންއެވެ. ވަޒީރުގެ އިތުރުން، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން، އެމް.ޓީ.ސީ.ސީ.ގެ މެނޭޖިން ޑިރެކްޓަރ، ދާއިރާގެ މެންބަރު، އަދި ކައުންސިލްގެ ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި މަޝްރޫޢުގެ ދަށުން، 2000 އަކަފޫޓުގެ ފުލުހުންގެ މަރުކަޒަކަށް ބޭނުންވާ އެންމެހައި ޚިދުމަތެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 2.2 މިލިއަން ރުފިޔާއަށް، 150 ދުވަހުގެ ތެރޭގައި ނިންމުމަށް ޙަވާލުކޮށްފައިވާ މަސައްކަތެކެވެ.

ރާއްޖޭގެ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް ނިމިފައިވާއިރު، މިހާރު ކުރަމުންދާ މަސައްކަތަކީ ފުލުހުންނަށް މަސައްކަތްކުރެވޭނޭ ފަހި މާޙަޢުލެއް ޤާއިމުކުރުމަށްޓަކައި، އެ ކަމަށް ބޭނުންވާ ޢިމާރާތްތައް ތަރައްޤީކުރުމެވެ. މި ގޮތުން، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ބޭނުންވާ އެންމެހައި ޢިމާރާތްތައް ތަރައްޤީކުރުމަކީ ސަރުކާރުގެ ލަނޑުދަނޑިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން