Ads by Stelco

ޚަބަރު

މަންދޫ ބަނދަރާއި ޖެޓީގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް އަވަސްކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި!

މަންދޫ ބަނދަރާއި ޖެޓީގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް އަވަސްކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަންދޫގައި ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 އޮކްޓޯބަރު 2025، 01:52

08 އޮކްޓޯބަރު 2025، 01:52

އދ. މަންދޫގެ ރައްޔިތުން ބޭނުންވާގޮތަށް ރަށުގެ ބަނދަރާއި ޖެޓީގެ މަސައްކަތް އަވަސްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މަންދޫގެ ރައްޔިތުންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަންދޫއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މަންދޫގެ ތަރައްޤީއަށްޓަކައި އެމަނިކުފާނު ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވައުދަކީ ބަނދަރާއި ޖެޓީ ރަނގަޅު ފެންވަރަކަށް ތަރައްޤީކޮށްދެއްވުންކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން، އެ މަސައްކަތް ރައްޔިތުން ބޭނުންވާގޮތަށް ހިންގަވައިދެއްވާނެކަމަށާއި، އަމަލީ މަސައްކަތް ލަސްތަކެއް ނުވެ ފެށޭނެކަމުގެ ޔަޤީންކަން ރައީސް ވަނީ މަންދޫގެ ރައްޔިތުންނަށް ދެއްވާފައެވެ.

ރައީސް ވިދާޅުވީ، މަންދޫ ސްކޫލަށް އޮތް ޖާގައިގެ މައްސަލަ ހައްލުކޮށްދެއްވުމަށްޓަކައި، މިދަތުރުފުޅުގެ ތެރެއިން އެމްޓީސީސީއާ ހަވާލުކުރެވުނު ސްކޫލުގެ 12 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލުގެ އަމަލީ މަސައްކަތް މިފެށޭ ނޮވެންބަރުމަހުގެ ތެރޭގައި ފެށޭނެކަމަށެވެ. އަދި 2027 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް އެތަން ބޭނުންކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. މި މަޝްރޫޢާއެކު ދަރިވަރުންނާއި ބެލެނިވެރިންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މަންދޫގައި އަމަލީ މަސައްކަތް ފެށި ކުޅިވަރުގެ މަޝްރޫޢުތަކަކީވެސް ޒުވާނުންނަށް އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެ މަޝްރޫޢުތަކެއްކަމަށެވެ. މި ހުރިހާ މަޝްރޫޢުތަކެއްވެސް އަވަސް މިނެއްގައި ފުރިހަމަ ކުރުމަށް ކަމާއިގުޅުންހުރި މުއައްސަސާތަކާއި ކުންފުނިތަކުން ގުޅިގެން މަސައްކަތްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަންދޫ ރައްޔިތުންގެ ފަރާތުން ހުށަހެޅި ކަންކަމުގެ ތެރޭގައި ލަފާފުރުމުގެ ދަތިކަން ހައްލުކޮށްދެއްވުމާއި، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމާއި، ސްކޫލު އެއްދަންފަޅިއަށް ބަދަލުކޮށްދިނުން ހިމެނެއެވެ. އަދި އާރްޓީއެލް ފެރީގެ ޚިދުމަތް އަވަހަށް ފެށުމާއި، ވިޔަފާރިއާއި އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމާއި ލޯކަލް ޓޫރިޒަމަަށް އިތުރު ފުރުޞަތުތައް ފަހިކޮށްދިނުންވެސް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންކަން، ކަމާގުޅުންހުރި ވުޒާރާތަކުގެ ސަމާލުކަމަށް ގެންނަވާ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެންވެސް އިތުރު ކަންކަން ފަހިކޮށްދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަޤީންކަން މަންދޫގެ ގާތްގަނޑަކަށް 500 އަށްވުރެ ގިނަ ރައްޔިތުންނަށް ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން