ދުނިޔެ

އަފްޣާނިސްތާން-ޕާކިސްތާން ބޯޑަރުކައިރީގައި ހަމަލާބަދަލުކުރުންތަކެއް ހިންގައިފި

އަފްޣާނިސްތާން-ޕާކިސްތާން ބޯޑަރުކައިރީގައި ހަމަލާބަދަލުކުރުންތަކެއް ހިންގައިފި

އަފްްޣާން ޕާކިސްތާނާ ގުޅުވައިދޭ ބޯޑަރު ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 އޮކްޓޯބަރު 2025، 03:49

08 އޮކްޓޯބަރު 2025، 03:49

ޕާކިސްތާނުގެ އުތުރު-ހުޅަނގު ސަރަހައްދުގައި ހިނގި ހަމަލާބަދަލުކުރުން ތަކެއްގައި އެ ޤައުމުގެ 11 ސިފައިން ޝަހީދުވެއްޖެއެވެ.

 މި ހަނގުރާމަ ހިނގާފައިވަނީ އޯރަކްޒައި ސަރަހައްދުގައި ހިންގި އިންޓެލިޖެންސް އޮޕަރޭޝަނެއްގެ ތެރޭގައެވެ.

ޕާކިސްތާނު ޢަސްކަރިއްޔާއިން ބުނާ ގޮތުގައި ބުދަ ދުވަހުގެ ފަތިހު ހިންގި މި އޮޕަރޭޝަންގައި "ޚަވާރިޖް" ކިޔާ ހަރުކަށި ބަޔަކާ ދެކޮޅަށް ހިންގި އޮޕަރޭޝަންގައި ވަރުގަދަ ހަމަލާތަކެއް ބަދަލުކުރެވިފައިާ ކަމަށެވެ. މި ހަމަލާގެ ޒިންމާ ޕާކިސްތާން ޠާލިބާން ނަގާފައިވެއެވެ.

މި ހަނގުރާމައިގައި ޝަހީދުވި ސިފައިންގެ ތެރޭގައި ލެފްޓިނަންޓް ކާނަލް ޖުނައިދު އާރިފް އަދި އޭނާގެ ނައިބު މޭޖަރ ތައްޔަބް ރަހަތް ހިމެނެއެވެ. އަދި މީގެ އިތުރުން 9 ސިފައިން ވެސް ޝަހީދުވެފައިވެއެވެ. އަދި މި ހަނގުރާމައިގައި 19 ހަރުކަށި މީހުން މަރުވެފައިވާ ކަމަށް ޕާކިސްތާން ޢަސްކަރިއްޔާއިން މައުލޫމާތު ދީފައިވެއެވެ.

ރޮއިޓަރސް ނިއުސް އޭޖެންސީން ޕާކިސްތާނުގެ ސެކިއުރިޓީ އޮފިޝަލުންގެ ހަވާލާދީ ބުނާ ގޮތުގައި ހަރުކަށި މީހުން ވަނީ މަގުމައްޗަށް ބޮން އަޅައި، އޭގެ ފަހުން ސިފައިންގެ ގާފިލާއަށް ބަޑީގެ ހަމަލާ ދީފައެވެ. މި ހާދިސާއާ ގުޅިގެން ނެރުއްވި ބަޔާނެއް ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ ސެކިއުރިޓީ ބާރުތަކުގެ ޚިދުމަތްތައް ފާހަގަކުރައްވައި، ޝަހީދުވި ސިފައިންގެ ޢާއިލާތަކަށް ތައުޒިޔާ ކިޔުއްވާފައެވެ.

ފަހަކަށް އައިސް، ޕާކިސްތާނުގެ ސަރުކާރު ވައްޓާލައި އިސްލާމީ ޝަރީއަތުގެ ވެރިކަމެއް ޤާއިމުކުރަން މަސައްކަތްކުރާ ޕާކިސްތާން ޠާލިބާންގެ ހަމަލާތައް ވަނީ އިތުރުވެފައެވެ. ޕާކިސްތާނުން ބުނާ ގޮތުގައި މި ގްރޫޕުން އަވައްޓެރި އަފްޣާނިސްތާނުގައި ތިބެގެން ޕާކިސްތާނަށް ހަމަލާދޭން ރޭވުމާއި ތަމްރީނު ހޯދަމުންދެއެވެ. އަދި އިންޑިއާއިން މި ގްރޫޕަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭ ކަމަށް ވެސް ޕާކިސްތާނުން ތުހުމަތުކުރެއެވެ. ނަމަވެސް މި ދެ ޤައުމުން ވެސް މި ތުހުމަތުތައް ދަނީ ދޮގުކުރަމުންނެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން