Ads by Stelco

ޚަބަރު

ސައުތު ޕޮލިހުގެ ފުލުހުންނަށް ބޭއްވި ފަސްޓްލައިން މެނޭޖްމަންޓް ކޯސް ނިންމާލައިފި

ސައުތު ޕޮލިހުގެ ފުލުހުންނަށް ބޭއްވި ފަސްޓްލައިން މެނޭޖްމަންޓް ކޯސް ނިންމާލައިފި

ސައުތު ޕޮލިހުގެ ފުލުހުންނަށް ބޭއްވި ފަސްޓްލައިން މެނޭޖްމަންޓް ކޯހުގެ ތެރެއިން.

farudhun logo

ފަރުދުން

08 އޮކްޓޯބަރު 2025، 04:25

08 އޮކްޓޯބަރު 2025، 04:25

ސައުތު ޕޮލިހުގައި މަސައްކަތްކުރާ ފުލުހުންނަށް ބޭއްވި ފަސްޓްލައިން މެނޭޖްމަންޓް ކޯސް ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

މި މަހުގެ 6ވަނަ ދުވަހު އައްޑޫ ސިޓީ ހުޅުމީދޫގައި މި ކޯސް ނިންމާލުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ކޮލެޖްގެ ޑެޕިއުޓީ އެކްޒެކެޓިވް ޑިރެކްޓަރ/އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ބަޝީރެވެ. މި ރަސްމިއްޔާތުގައި ކޮލެޖްގެ އެކްޒެކެޓިވް ޑިރެކްޓަރ/އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙުމާނާއި، ސައުތު ޕޮލިސް ރީޖަން ކޮމާންޑަރ/އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ޝަމީމާއި، ސައުތު ޕޮލިހުގައި މަސައްކަތްކުރައްވާ އިސް ބޭފުޅުންގެ އިތުރުން، ކޯހުގައި ކިޔަވައިދެއްވި މުދައްރިބުންނާއި ކޯހުގެ ބައިވެރީން ބައިވެރިވެފައިވެއެވެ.

އިސްވެ ދިޔަ ސެޕްޓެންބަރު މަހުގެ 7ވަނަ ދުވަހުން މި އޮކްޓޫބަރު މަހުގެ 6ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދިޔަ މި ކޯހުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ސަރޖަންޓް މުޙައްމަދު އަފްރާޙެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޮރސްމަންޓާއި، ސައުތު ޕޮލިސް ގުޅިގެން ހަތަރު ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދިޔަ މި ކޯހުގައި ޕަރސަނަލް އަދި އޮޕަރޭޝަނަލް ލީޑަރޝިޕް، ސުޕަރވައިޒަރީ އެކްސެލެންސް، އެތިކަލް ސްޓޭންޑަރޑްސް، ސުޕަރވައިޒަރީ ސްކިލްސް، ލީގަލް އެވެއަރނެސް، ކޮމިޔުނިޓީ ޕޮލިސިންގ އަދި ސިނާރިއޯ ޓްރެއިނިންގ ފަދަ މުހިންމު މާއްދާތަކެއް ކިޔަވައިދީފައިވެއެވެ.

ފަސްޓްލައިން މެނޭޖްމަންޓް ކޯހަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯއެންފޮރސްމަންޓުން ލާމަރުކަޒީ އުޞޫލުން ހިންގުމަށް ފަރުމާކުރެވިފައިވާ ލީޑަރޝިޕް އަދި ސުޕަރވައިޒަރީ އެކްސެލެންސް ހަރުދަނާކުރުމަށް އަމާޒުކުރެވިފައިވާ ކޯހެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން