ދުނިޔެ

އިންޑިއާގެ އުތުރުގައި ބިންގަނޑު ކަނޑައިގެން ދިޔަ ވަގުތު ދަތުރުކުރަމުންދިޔަ ބަހެއް ވެއްޓި ބަޔަކު މަރުވެއްޖެ

އިންޑިއާގެ އުތުރުގައި ބިންގަނޑު ކަނޑައިގެން ދިޔަ ވަގުތު ދަތުރުކުރަމުންދިޔަ ބަހެއް ވެއްޓި ބަޔަކު މަރުވެއްޖެ

ބިންގަނޑު ކަނޑައިގެން ގޮސް ބަސް ވެއްޓުމުގެ ހާދިސާ ހިނގި ސަރަހައްދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 އޮކްޓޯބަރު 2025، 04:25

08 އޮކްޓޯބަރު 2025، 04:25

އިންޑިއާގެ އުތުރުގައި ހިމެނޭ ހިމާޗަލް ޕްރަދޭޝްގެ ބިލާސްޕޫރު ސަރަހައްދުގައި ހިނގި ބިންގަނޑު ކަނޑައިގެން ދިޔަ ވަގުތު ދަތުރުކުރަމުންދިޔަ ބަހެއް ވެއްޓ ބަޔަކު މަރުވެއްޖެއެވެ.

 ބިންގަނޑު ކަނޑައިގެން ދިޔުމުގެ މި ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދަށް ވެހުނު ބޯވާރޭގެ ސަބަބުންނެވެ. މިހާދިސާގައި 15 މީހަކު ވަނީ މަރުވެފައެވެ.

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި 9 ފިރިހެނުންނާއި، 4 އަންހެނުންނާއި، 2 ކުޑަކުދިން ހިމެނެއެވެ. އަދި ތިން ކުޑަކުދިން ޒަހަމްވެ، އެ ސަރަހައްދުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާ ކަމަށް އެ ސްޓޭޓްގެ އެންމެ އިސް އޮފިޝަލް ސުކްވިންދަރ ސިންގް ސުކުގެ އޮފީހުން ބުނެފައިވެއެވެ.

ހާދިސާ ހިނގިއިރު ބަހުގައި 20 އާއި 25 އާ ދެމެދުގެ އަދަދެއްގެ ފަސިންޖަރުން ތިބި ކަމަށް ބެލެވެއެވެ. އަދިވެސް ގެއްލިފައިވާ ފަސިންޖަރުން ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، އެ ފަރާތްތައް ވެސް މަރުވެފައިވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ ރައީސް ދްރައުޕަދީ މުރުމު އަދި ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ މަރުހޫމުންގެ ޢާއިލާތަކަށް ތަޢުޒިޔާ ފޮނުއްވަވައިފައެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި މިއަހަރު ވަރަށް ބޮޑަށް ވާރޭވެހި، ފެންބޮޑުވުމާއި ބިންވެއްޓުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ. މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މި ސަރަހައްދުގެ މޫސުމީ ވާރޭވެހުން އިތުރުވެ، ކުރިން އެނގިފައިވާ ގޮތާ ޚިލާފަށް ކުއްލި ގަދަ ވާރޭވެހި، އޭގެ ފަހުން ހަފްތާތަކަކަށް ވާރޭ ނުވެހޭ ގޮތަށް މޫސުން ބަދަލުވަމުންދާ ކަމަށް ތަޖުރިބާކާރުން ވަނީ ފާހަގަކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން