ދުނިޔެ

ޣައްޒާގައި ހިންގާ އިންސާނިއްޔަތާ ދެކޮޅު ޢަމަލުތަކަށް އެމެރިކާއިން އިސްރާއީލަށް 21 ބިލިއަން ޑޮލަރުގެ ޢަސްކަރީ އެހީ ދީފި

ޣައްޒާގައި ހިންގާ އިންސާނިއްޔަތާ ދެކޮޅު ޢަމަލުތަކަށް އެމެރިކާއިން އިސްރާއީލަށް 21 ބިލިއަން ޑޮލަރުގެ ޢަސްކަރީ އެހީ ދީފި

ނަތަންޔާހޫ އަދި ޓްރަމްޕް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 އޮކްޓޯބަރު 2025، 07:59

08 އޮކްޓޯބަރު 2025، 07:59

ޣައްޒާގައި އިސްރާއިލުން ހިންގަމުންދާ އިންސާނިއްޔަތާ ދެކޮޅު ޢަމަލުތަކަށް އެމެރިކާއިން މިހާތަނަށް 21 ބިލިއަން ޑޮލަރުގެ ޢަސްކަރީ އެހީ ދީފައިވާކަންް ހާމަވެއްޖެއެވެ.

ބްރައުން ޔުނިވަރސިޓީގެ "ކޮސްޓްސް އޮފް ވޯރ ޕްރޮޖެކްޓް" އިން އާންމުކޮށްފައިވާ ރިޕޯޓެއްގައި ބުނެފައިވަނީ، 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލަށް އެމެރިކާއިން ދީފައިވާ އަސްކަރީ އެހީގެ އަދަދު 21 ބިލިއަން ޑޮލަރަށް ވުރެ އިތުރުކަމަށެވެ.

ކުއިންސީ އިންސްޓިޓިއުޓް ފޮރ ރެސްޕޮންސިބަލް ސްޓޭޓްކްރާފްޓްގެ ސީނިއަރ ރިސާރޗް ފެލޯ، ވިލިއަމް ޑީ. ހާޓަންގް އެކުލަވާލި މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، އެމެރިކާގެ ހަތިޔާރާއި މާލީ އެހީ އަދި ސިޔާސީ އެއްބާރުލުން ނެތްނަމަ، ޣައްޒާގައި މިހާ ބޮޑު ގެއްލުމެއް ދިނުމާއި، އީރާނާ ދެކޮޅަށް ހަނގުރާމައެއް ފެށުމާއި، ޔަމަނަށް ތަކުރާރުކޮށް ހަމަލާދިނުމުގެ ޤާބިލުކަން އިސްރާއީލަށް ލިބިފައެއް ނުވާނެއެވެ.

ހާވަރޑް ކެނެޑީ ސްކޫލްގެ ބަޖެޓިންގ އަދި ޕަބްލިކް ފައިނޭންސް މާހިރު ލިންޑާ ޖޭ. ބިލްމްސް އާއި ހާޓަންގް ގުޅިގެން ތައްޔާރުކުރި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން އިސްރާއީލަށް ދިން ޢަސްކަރީ އެހީ އާއި މެދުއިރުމަތީގައި އެމެރިކާއިން ހިންގި ޢަސްކަރީ އޮޕަރޭޝަންތަކަށް ޖުމްލަ 31.35 ބިލިއަންއިން 33.77 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ހޭދަކޮށްފައިވެއެވެ.

އިސްރާއީލަކީ އެމެރިކާގެ އެންމެ ބޮޑު އެއް އެހީ ލިބޭ ޤައުމެވެ. އަހަރަކު އެވްރެޖްކޮށް 3.3 ބިލިއަން ޑޮލަރުގެ އެހީ ލިބޭ އިސްރާއީލަށް 2022 ވަނަ އަހަރާ ހަމައަށް ޖުމްލަ 150 ބިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދެއްގެ އެހީ އެމެރިކާއިން ދީފައިވެއެވެ.

މީގެ އިތުރުން، ޔަމަނުގެ ހޫތީންނާއި އީރާނަށް ދިން ހަމަލާތަކާއި ގުޅިގެން އެމެރިކާއިން ކުރި ހޭދައިގެ އަދަދު 9.65 ބިލިއަން އިން 12 ބިލިއަން ޑޮލަރާ ދެމެދުގައި ހުރިކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ ތެރެއިން 2 ބިލިއަން އިން 2.25 ބިލިއަން ޑޮލަރަކީ ޖޫން މަހު އީރާނަށް ދިން ހަމަލާތަކާއި ގުޅުންހުރި ޚަރަދުތަކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން