Ads by Stelco

ޚަބަރު / ވިޔަފާރި

"ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު" ރަސްމީކޮށް އިފްތިތާޙްކޮށްފި

"ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު" ރަސްމީކޮށް އިފްތިތާޙްކޮށްފި

"ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު" ރަސްމީކޮށް އިފްތިތާޙްކުރުން. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 އޮކްޓޯބަރު 2025، 09:09

08 އޮކްޓޯބަރު 2025، 09:09

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސް (ޑީއައިޕީ) އިން އެ ކުންފުނީގެ ފުރަތަމަ އިންވެސްޓްމަންޓް ފަންޑު "ދިވެހި އިންވެސްޓްމަންޓް ނަފާ ފަންޑު" (ދިނަފް) މިއަދު ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. 

މި ފަންޑު އިފްތިތާޙްކޮށްދެއްވީ ބާސެލޯ ނަސަންދުރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ސީއީއޯ މުޙައްމަދު ޙުސައިން މަނިކެވެ.

ސީއެމްޑީއޭއިން ރެގިއުލޭޓްކޮށް ލައިސަންސް ދީފައިވާ ޕްރައިވެޓް އިންވެސްޓްމަންޓް ފަންޑެއްގެ ގޮތުގައި އިފްތިތާޙްކުރެވުނު މި ފަންޑުގައި އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 6 މަހާއި 3 އަހަރާ ދެމެދުގެ މުއްދަތަށެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ކެޕިޓަލް މާކެޓާއި ވިޔަފާރީގެ ދާއިރާގައި ފާހަގަކޮށްލެވޭ ގިނަ ފަރާތްތަކެއް ބައިވެރިވިއެވެ.

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ޗެއަރމަން އަބްދުލްވާހިދު ތައުފީޤު ވިދާޅުވި ގޮތުގައި މި ފަންޑުގެ ސަބަބުން އިންވެސްޓަރުންނަށް ރާއްޖޭގެ މާލީ ބާޒާރުން އާންމުކޮށް ލިބޭ ރޭޓްތަކަށްވުރެ ރަނގަޅު ބަދަލެއް ލިބިގެންދާނެއެވެ. "މިހާތަނަށް ރާއްޖޭގައި ޝޯޓް ޓާމް އިންވެސްޓްމެންޓް ފަންޑަކުން ލިބޭ އެންމެ ރަނގަޅު ފިކްސްޑް ރިޓާން މި ފަންޑު މެދުވެރިކޮށް ލިބިދޭނެ" ކަމަށް އޭނާ ވިދާޅުވިއެވެ.

މި ފަންޑަކީ މިވަގުތު ޕްރައިވެޓް ފަންޑެއްގެ ގޮތުގައި ކޮލިފައިޑް އިންވެސްޓަރުންނަށް އަމާޒުކޮށްގެން ހުޅުވާލެވިފައިވާ ފަންޑެއް ނަމަވެސް، ކުރިއަށް އޮތްތަނުގައި މި ފަންޑު ޕަބްލިކް ފަންޑަކަށް ބަދަލުކޮށް، އިތުރު ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުމަށް ވިސްނުން ހުރިކަމަށް ޗެއަރމަން ތައުފީޤު ހާމަކުރެއްވިއެވެ.

ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްއިން މި ފަންޑު އިފްތިތާޙްކުރުމާއެކު، ރާއްޖޭގެ ޕްރައިވެޓް ކެޕިޓަލް މާކެޓަށް އިތުރު ކުރިއެރުންތަކެއް ލިބި، އިންވެސްޓްމަންޓް ފުރުސަތުތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް އެ ކުންފުނިން ޤަބޫލުކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން