Ads by Stelco

ޚަބަރު

ދިވެހި ޤައުމިއްޔަތު އިއާދަކުރުމާ ގުޅޭ ސްކޮލަރޝިޕަށް ކުރިމަތިލި ފަރާތްތަކަށް ސެޝަނެއް ބާއްވައިފި

ދިވެހި ޤައުމިއްޔަތު އިއާދަކުރުމާ ގުޅޭ ސްކޮލަރޝިޕަށް ކުރިމަތިލި ފަރާތްތަކަށް ސެޝަނެއް ބާއްވައިފި

ދިވެހި ޤައުމިއްޔަތު އިއާދަކުރުމާ ގުޅޭ ސްކޮލަރޝިޕަށް ކުރިމަތިލި ފަރާތްތަކަށް ބޭއްވި ސެޝަންގެ ބައިވެރިއަކު ވާހަކަދައްކަނީ، ފޮޓޯ: ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

08 އޮކްޓޯބަރު 2025، 09:55

08 އޮކްޓޯބަރު 2025، 09:55

ދިވެހި ޤައުމިއްޔަތު އިއާދަކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހުޅުވާލި "ސިގްނޭޗަރ ރިސާރޗް ސްކޮލަރޝިޕް"އަށް ކުރިމަތިލި ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް މިއަދު ހަވީރު ބާއްވައިފިއެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން އިސްނަގައިގެން ކުރިއަށްގެންދާ މި ސްކޮލަރޝިޕް ޕްރޮގްރާމަށް ކުރިމަތިލެއްވި ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަން ކުރިޔަށް ގެންގޮސްފައި ވަނީ، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސްވަރު އޮފީހުގައެވެ.

މި ޕްރޮގްރާމަކީ ދިވެހި ޤައުމިއްޔަތު އިއާދަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ މަސައްކަތްޕުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެކެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޤައުމިއްޔަތުގެ ދާއިރާއިން ޢިލްމީ، ފިކުރީ އަދި ދިވެހި ޤައުމިއްޔަތުގެ ދާއިރާގެ ޚައިޞިއްޔަތަށް އިސްކަމެއް ދެއްވައި، ތަރިކައިގެ ދާއިރާއިގެ ދިރާސާތައް ކުރުމާއި އެ ދިރާސަތައް ޝާއިޢުކުރެވޭނެ މަގު ފަހިކޮށްދިނުމެވެ. 

މީގެ އިތުރުން، ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން ހާމަކުރެއްވި ގޮތުގައި، މިފަދަ ފުރުޞަތެއްގެ މަޤްޞަދަކީ ދިވެހި ތަރިކައިގެ ޢިލްމު އުފައްދައި، ޤާބިލު ތަރިކަވެރީންތަކެއް އުފެއްދުމެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒާއި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ ގުޅިގެން އެ ޔުނިވަރސިޓީގެ "މާސްޓަރސް އިން ރިސަރޗް އެންޑް ޕަބްލިކޭޝަން" ޕްރޮގްރާމްގެ ދަށުންނެވެ.

މި ސްކޮލަރޝިޕްގެ ދަށުން ހިންގާ ދިރާސީ މަސައްކަތްތަކުގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. މި މުއްދަތުގެ ތެރޭގައި ކޮންމެ މަހަކު ދެ ދުވަހު ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުގައި ޢިލްމީ ހޯދުންތަކާ ގުޅޭ މަސައްކަތް މި ސްކޮލަރޝިޕްގެ ބައިވެރިން ކުރަން ޖެހޭނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

ހަމައެއާއެކު މި ސްކޮލަރޝިޕްގައި ބައިވެރިވާ ފަރާތްތަކަށް ތަރިކައިގެ ދާއިރާގެ ކޮންމެވެސް އެއް ފަންނެއް ޢިލްމީ ގޮތެއްގައި ފުންކޮށް ދަސްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ. އަދި ތަރިކައިގެ ދާއިރާގެ ޢިލްމީ އަދި ދިރާސީ ފޮތްތައް ޝާއިޢުކުރުމުގެ ފުރުޞަތު ވެސް ބައިވެރިންނަށް ލިބިގެންދާނެ ކަމަށް ދިވެހި ތަރިކަ ދިރާސާކުރާ ޤައުމީ މަރުކަޒުން މައުލޫމާތު ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން