Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ޕްރިންސިޕަލުންގެ މަހާސިންތާ އިފްތިތާހުކޮށްދެއްވައިފި!

ރައީސުލްޖުމްހޫރިއްޔާ ޕްރިންސިޕަލުންގެ މަހާސިންތާ އިފްތިތާހުކޮށްދެއްވައިފި!

ޕްރިންސިޕަލުންގެ މަހާސިންތާގައި ތަޢުލީމީ ވުޒާރާގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އެރުވުން ފޮޓޯ: ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޮކްޓޯބަރު 2025، 10:40

11 އޮކްޓޯބަރު 2025، 10:40

ސްކޫލްތަކުގެ އިސްވެރިންނާއި ޕްރިންސިޕަލުންނަށް ޚާއްސަކޮށްގެން ބާއްވާ މަހާސިންތާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިފްތިތާހުކޮށްދެއްވައިފިއެވެ. ދެ ދުވަހުގެ މުއްދަތަށް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ކުރިއަށްދާ މި މަހާސިންތާގައި މިއަހަރު 210 ޕްރިންސިޕަލުން ބައިވެރިވެފައިވެއެވެ.

ޕްރިންސިޕަލުންގެ މަހާސިންތާއަކީ ސްކޫލްތައް ހިންގުމުގައާއި ޕްރިންސިޕަލުންނަށް ދިމާވާ އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، އެކަންކަން ރަނގަޅުކުރުމަށްޓަކައި ކުރިއަށްގެންދާ މަހާސިންތާއެކެވެ. ތަޢުލީމީ ވުޒާރާއިން މީގެކުރިން ވަނީ، އެހެން އަހަރުތަކުގައި ބާއްވާފައިވާ މިފަދަ މަހާސިންތާތަކާ މިއަހަރު ބާއްވާ މަހާސިންތާއާ ތަފާތުވާނެކަމަށް ވިދާޅުވެފައެވެ.

އެގޮތުން މިއަހަރުގެ ޕްރިންސިޕަލުންގެ މަހާސިންތާ ބާއްވަނީ މުދައްރިސުންގެ ޚިޔާލުތަކާއި މަޝްވަރާގެ މައްޗަށް ބިނާކޮށެވެ. މިފަހަރުގެ މަހާސިންތާގައި މުދައްރިސުން ތަމްރީންކުރުމަށް އެކި ލެވެލްގައި ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކޮށް، މިދާއިރާއަށް ފެންވަރު ރަނގަޅު މުދައްރިސުން ހޯދުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ.

ތައުލީމީ ވުޒާރާއިން ވިދާޅުވެފައިވާ ގޮތުގައި، މީގެ ކުރިން ޕްރިންސިޕަލުންގެ ކޮންފަރެންސް ބާއްވާފައިވަނީ އެހާ ބޮޑަށް މުދައްރިސުންގެ ބައިވެރިވުމަކާ އެކު ނޫނެވެ. އޭރު މި މަހާސިންތާއަކީ ޕޮލިސީ ކަރުދާސްތައް ފޮނުވައިގެން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް ޕްރިންސިޕަލުންނާއި މުދައްރިސުންނާ މަޝްވަރާކޮށް އެމީހުންގެ ރެކޮމެންޑޭޝަންތައް ހިފައިގެން އަންނަ ގޮތަކަށް ބާއްވަމުން އައި ކޮންފަރެންސެއް ނޫނެވެ.

މިފަހަރުގެ ޕްރިންސިޕަލުންގެ ކޮންފަރެންސް ތަފާތުވާނެކަން ފާހަގަކޮށް، ސީދާ މުދައްރިސުންގެ ލެވަލްގައި މަޝްވަރާކޮށްގެން ހަޤީގީ މައްސަލަތަކަށް ހައްލު ހޯދުމަށް މަސައްކަތް ކުރާނެކަމަށް ތައުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން