Ads by Stelco

ޚަބަރު

ސްކޫލް ކުދިން ކޭމްޕް ދާނެ ސައިޓެއް ހުޅުވައިފި، 15 އަހަރުގެ ދިގު އިންތިޒާރަކަށް ނިމުމެއް!

ސްކޫލް ކުދިން ކޭމްޕް ދާނެ ސައިޓެއް ހުޅުވައިފި، 15 އަހަރުގެ ދިގު އިންތިޒާރަކަށް ނިމުމެއް!

ކޭމްޕް ސައިޓު ހުޅުވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 އޮކްޓޯބަރު 2025، 11:41

11 އޮކްޓޯބަރު 2025، 11:41

ސްކޫލް ކުދިން ކޭމްޕް ދާނެ ސައިޓެއް މާލެ ކައިރީގައި އޮންނަ ކްރޮސްރޯޑްސްގައި ހުޅުވައިފިއެވެ. މިއީ، 15 އަހަރަށްފަހު ސްކޫލު ކުދިންނާއި އެކިއެކި ޔުނިފޯމް ބޮޑީސްތަކުގެ ދަރިވަރުންގެ އިންތިޒާރަށް އައި ނިމުމެކެވެ. 

މިއަދު ހެނދުނު މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ކޭމްޕް ސައިޓު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މާލޭގައި ނުވަތަ މާލެއާއި ކާރި ހިސާބެއްގައި ސްކޫލު ދަރިވަރުންނާއި، ގަރލްސް ގައިޑު، އަދި ސްކައުޓް ފަދަ ޙަރަކާތްތަކުގައި އުޅޭ ދަރިވަރުން ކޭމްޕް ދާނެ ތަނެއް ނެތުމަކީ ވަރަށް ގިނަ ބެލެނިވެރިންނާއ، މުދައްރިސުންނާއި ދަރިވަރުންގެ ވެސް ގިނަ ދުވަސްވީ ކަންބޮޑުވުމެކެވެ. އެގޮތުން، މި ކަންބޮޑުވުމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ހުޅުވިގެން މިދިޔަ ކޭމްޕް ސައިޓަކީ ޑްރީމް އައިލެންޑް ޓޫ ލިމިޑެޓު ކްރޮސްރޯޑްސްގެ އިޖްތިމާޢީ ޒިންމާގެ ދަށުން ތަރައްޤީކޮށްފައިވާ ތަނެކެވެ.

މި ކޭމްޕު ސައިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވީ، މިތަނަކީ ތަޢުލީމީ އެކިއެކި ޙަރަކާތްތައް ކުރިއަށް ގެންދާނެ ސަރަޙައްދެއް ކަމަށެވެ. އެގޮތުން، ހުސް ކޭޕްމުތަކުގެ ބަދަލުގައި ދަރިވަރުން އެކި ދިރާސާތައް ކުރިއަށް ގެންދިޔުމަށާއި، ކިޔެވުމުގެ އެކި ކަންކަމުގައާއި، އިތުރު ޙަރަކާތްތަކަށް ވެސް އެތަން ބޭނުންކުރެވޭނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މި ކޭމްޕު ސައިޓުގައި އެޑްމިން އޮފީހަކާއި، ފަސްޓް އެއިޑް ރޫމަކާއި، ދުވަހު ކޮޓަރިއެއްގެ އިތުރުން ބޮޑު ހުސް ޖާގަޔަކާއެކު، މިސްކިތެއް ވެސް ހުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން