Ads by Stelco

ޚަބަރު

ކޯޗިންގ ކޮންވަސޭޝަން ފޮރ އެފެކްޓިވް ލީޑަރޝިޕް އާ ގުޅޭ މައުލޫމާތު ދިނުމުގެ ފޯރަމެއް ބާއްވައިފި

ކޯޗިންގ ކޮންވަސޭޝަން ފޮރ އެފެކްޓިވް ލީޑަރޝިޕް އާ ގުޅޭ މައުލޫމާތު ދިނުމުގެ ފޯރަމެއް ބާއްވައިފި

ފޯރަމްގެ ބައިވެރިން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 އޮކްޓޯބަރު 2025، 12:20

11 އޮކްޓޯބަރު 2025، 12:20

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ބާއްވާ ތާސްޑޭ ފޯރަމް ސިލްސިލާގެ ދަށުން ކޯޗިންގ ކޮންވަސޭޝަން ފޮރ އެފެކްޓިވް ލީޑަރޝިޕް އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ފޯރަމެއް ބާއްވައިފިއެވެ. 

މި ފޯރަމް ޝަރަފްވެރިކޮށްދެއްވާފައި ވަނީ، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. މިރަސްމިއްޔާތު ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި، ސީނިއަރ އޮފިސަރުން ހިމެނޭހެން ޖުމްލަ 47 ފުލުހުން ވަނީ ބައިވެރިވެފައެވެ. ހަމަ މިއާއެކު، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ދެ މުވައްޒަފުންނާއި މޯލްޑިވްސް ކަސްޓަމްސްގެ ދެ މުވައްޒަފުން ހިމެނޭހެން މި ފޯރަމްގައި ޖުމްލަ 51 ބައިވެރިން ވަނީ ބައިވެރިވެފައެވެ.

މި ފޯރަމްގައި މައުލޫމާތު ދީފައިވަނީ، ކޯޗިންގ ކޮންވަސޭޝަން ފޮރ އެފެކްޓިވް ލީޑަރޝިޕް އާ ގުޅޭގޮތުންނެވެ. މިކަމާއި ގުޅިގެން މަޢުލޫމާތި ދެއްވީ، ސްރީލަންކާގެ ކޮލޮމްބޯ ލީޑަރޝިޕް އެކެޑަމީގެ ޑިރެކްޓަރ އަދި ސީއީއޯ މިސްޓަރ ރިޔާޒް ޙަސަން އެވެ. ރިޔާޒް ޙަސަން އަކީ ސްޓްރެޓެޖީ، ގަވަރނަންސް، އަދި މުސްތަޤުބަލުގެ ލީޑަރުން ތައްޔާރުކުރުމުގެ ދާއިރާގައި 29 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ އަދި ގިނަ ވިޔަފާރި މުއައްސަސާތަކަށް ލީޑަރޝިޕް ދާއިރާއާއި ހަރުދަނާ ކޯޕަރޭޓް ސްޓްރެޓެޖީތައް ފަރުމާކޮށްދެއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ.

މި ފޯރަމްގައި ލީޑަރޝިޕް މެނޭޖްމަންޓްގެ އެންމެ ފަހުގެ ޓްރެންޑްތައް ދެނެގަތުމާއި ލީޑަރޝިޕް ހުނަރުތަކާއި އަމިއްލަ ދިރިއުޅުމުގައާއި ވަޒީފާގެ މާހަލުގައި ރަނގަޅު ލީޑަރަކަށް ވުމާ ގުޅޭ އަދި ލީޑަރޝިޕްއާ ގުޅުންހުރި ގިނަ މައުލޫމާތުތަކެއް ބައިވެރިންނަށް އެނގިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން