Ads by Stelco

ޚަބަރު

ކަރެކްޝަންސްގެ އޮފިސަރުންނަށް ކުރިއަށް ގެންދިޔަ ރިހެބިލިޓޭޝަން ދާއިރާގެ 2 ތަމްރީން ޕްރޮގްރާމެއް ނިންމާލައިފި

ކަރެކްޝަންސްގެ އޮފިސަރުންނަށް ކުރިއަށް ގެންދިޔަ ރިހެބިލިޓޭޝަން ދާއިރާގެ 2 ތަމްރީން ޕްރޮގްރާމެއް ނިންމާލައިފި

ޕްރޮގްރާމު ނިންމާލުން/ފޮޓޯ: ކަރެކްޝަންސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 އޮކްޓޯބަރު 2025، 01:23

11 އޮކްޓޯބަރު 2025، 01:23

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނަށް ކުރިއަށް ގެންދިޔަ ރިހެބިލިޓޭޝަން ދާއިރާގެ 2 ތަމްރީން ޕްރޮގްރާމެއް ނިންމާލައިފި އެވެ.

މި ޕްރޮގްރާމަކީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ބެލުމުގެ ދަށުގައިވާ ޤައިދީންގެ ރިހެބިލިޓޭޝަން ހަރުދަނާކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުތައް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އޮނަރަބަލް ޢަލީ އިޙްސާންއެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ކޮމިޝަންޑް އޮފިސަރުންނާއި ޖޫނިއަރ އޮފިސަރުންގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރުން ޢަބްދުﷲ ވަހީދު އާއި އިބްރާހިމް މަފާޒު ބައިވެރިވެވަޑައިގެންނެވިއެވެ.

ކަރެކްޝަންސް އިން ވިދާޅުވީ، މިމަހުގެ 6 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ 2 ޕްރޮގްރާމުގެ ތެރެއިން، "ފެއިތް-ބޭސްޑް ރިހެބިލިޓޭޝަން ޓްރޭނިންގ ޕްރޮގްރާމް" ގެ ބޭނުމަކީ އިސްލާމް ދީނުގެ ރިވެތި ސިފަތަކާއި އުސޫލުތައް ހިމަނައިގެން ޤައިދީންގެ ރިހެބިލިޓޭޝަން ޕްރޮގަރާމްތައް ފަރުމާ ކުރުވޭނެ ގޮތްތައް ހޯދުން ކަމަށެވެ. މި ތަމްރީން ޕްރޮގްރާމްގައި 37 އޮފިސަރުން ބައިވެރިވެފައިވެއެވެ.

މީގެ އިތުރުން، "ވަރކިންގ ވިތް ވިމެން ޕްރިޒަނަރސް: އަ ޓީއޯޓީ" ޕްރޮގްރާމަކީ ބްރިޓިޝް ހައި ކޮމިޝަންގެ މޯލްޑިވްސް ސެކިއުރިޓީ އެންޑް ޖަސްޓިސް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެއްކަމަށް ކަރެކްޝަންސް އިން މަޢުލޫމާތުދެއެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ އަންހެން ޤައިދީން ބެލެހެއްޓުމުގައި ބައިނަލްއަޤްވާމީ ބެސްޓް-ޕްރެކްޓިސްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ އަދި ދިރިއުޅުމުގައި ނިކަމެތިކަމާއި ދަތިކަން އިޙުސާސްކުރާ އަންހެން ޤައިދީންނާމެދު ޢަމަލުކުރާނެ އެންމެ އެކަށޭނެ ގޮތްތައް ދަސްކުރުމެވެ. މި ޕްރޮގްރާމްގައި އަންހެން ޔުނިޓްގައި މަސައްކަތްކުރާ 7 އަންހެން އޮފިސަރުން ބައިވެރިވެފައިވެއެވެ.

މި ރަސްމިއްޔާތުގައި މި ދެ ޕްރޮގްރާމް ފުރިހަމަ ކުރި ހުރިހާ ބައިވެރިންނަށް ވަނީ ސެޓްފިކެޓް ހަވާލުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން