Ads by Stelco

ޚަބަރު

އެމް.އެސް.އެމް.އީ. އެވޯޑަށް ކުރިމަތިލުމަށް މާދަމާ މެންދުރުފަހާ ހަމައަށް މުހުލަތުދީފި

އެމް.އެސް.އެމް.އީ. އެވޯޑަށް ކުރިމަތިލުމަށް މާދަމާ މެންދުރުފަހާ ހަމައަށް މުހުލަތުދީފި

މޯލްޑިވްސް އެމް.އެސް.އެމް.އީ. އެވޯޑް 2025

farudhun logo

ފަރުދުން

11 އޮކްޓޯބަރު 2025، 03:04

11 އޮކްޓޯބަރު 2025، 03:04

މޯލްޑިވްސް އެމް.އެސް.އެމް.އީ. އެވޯޑް 2025އަށް ފޯމު ހުށަހެޅުމުގެ މުއްދަތު މާދަމާ މެންދުރުފަހާ ހަމައަށް އިތުރުކޮށްފިއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ.)އިން ކުރި އިޢުލާނެއްގައި ބުނެފައިވަނީ،  އެމް.އެސް.އެމް.އީ. އެވޯޑު ދިނުމަށް ހަމަޖެހިފައިވަނީ ދެ ގިންތީގެ ދަށުން މައިގަނޑު 24 ދާއިރާއަށް ބަހާލަިއގެން ކަމަށެވެ. އެއީ "ޖަޖުކުރެވޭ" ގިންތީގެ ދަށުން 13 ދާއިރާއަކާއި، "ޕޮޕިއުލަރ" އެވޯޑްސް ގިންތީގެ ދަށުން 11 ދާއިރެކެވެ.

އެމް.އެސް.އެމް.އީ އެވޯޑްއަށް ކުރިމަތިލުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އޮންލައިން ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ބީ.ސީ.ސީ.އިން ވަނީ އެދިފައެވެ.

އެމް.އެސް.އެމް.އީ. އެވޯޑަށް އެންމެ ފުރަތަމަ ފުރުޞަތު ހުޅުވާލީ 3 ސެޕްޓެމްބަރ 2025 ވާ ބުދަ ދުވަހުން ފެށިގެން 2 އޮކްޓޫބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އެ މުއްދަތު އޮކްޓޫބަރު 9އަށް އިތުރުކުރުމަށް ފަހު، ބީ.ސީ.ސީ.އިން މިހާރު ވަނީ އެމް.އެސް.އެމް.އީ. އެވޯޑަށް ކުރިމަތިލުމަށް އޮކްޓޫބަރު 12ވަނަ ދުވަހުގެ (މާދަމާގެ) 14:00އާ ހަމައަށް މުހުލަތުދީފައެވެ.

މި އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ގިންތިތަކާއި، ދާއިރާތަކަށް ޚާއްޞަ ޝަރުޠުތައް ހިމެނޭހެން، އެވޯޑުދޭ ދާއިރާތަކުގެ ތަފްޞީލު، "މޯލްޑިވްސް އެމް.އެސް.އެމް.އީ. އެވޯޑު 2025 ދިނުމާ ގުޅޭ އުޞޫލު "ގައި ބަޔާންކޮށްފައިވާނެއެވެ.

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އެ ކޯޕަރޭޝަންގެ ހޮޓްލައިން 3305555އަށް ގުޅުއްވައިގެން ނުވަތަ އީމެއިލް ކުރުމުން ލިބޭނެ ކަމަށް ބީ.ސީ.ސީ.އިން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް އެމް.އެސް.އެމް.އީ. އެވޯޑަކީ ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ އެންމެ ކުދި، ކުދި، އަދި މެދުފަންތީގެ ވިޔަފާރިތައް ހޯދަމުންދާ ކާމިޔާބީތައް ފާހަގަކޮށް، އެ ވިޔަފާރިތަކަށް ހިތްވަރު ދިނުމުގެ ގޮތުން އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން