Ads by Stelco

ޚަބަރު

ކޮޗިންއާއި ޓްރިވެންޑްރަމްއަށް ދަތުރުކުރުމުގެ އަގުތައް މޯލްޑިވިޔަންއިން ހެޔޮކޮށްފި!

ކޮޗިންއާއި ޓްރިވެންޑްރަމްއަށް ދަތުރުކުރުމުގެ އަގުތައް މޯލްޑިވިޔަންއިން ހެޔޮކޮށްފި!

މޯލްޑިވިޔަންގެ ވައިޑް-ބޮޑީ މަތިންދާބޯޓެއް. / ތަޞްވީރު: މޯލްޑިވިޔަން.

farudhun logo

ފަރުދުން

11 އޮކްޓޯބަރު 2025، 04:32

11 އޮކްޓޯބަރު 2025، 04:32

ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން ކަމުގައިވާ މޯލްޑިވިޔަންއިން، އަވައްޓެރި އިންޑީޔާގެ ކޮޗިން އަދި ޓްރިވެންޑްރަމްއަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގުތައް ހެޔޮކޮށް، ޚާއްޞަ ފެއަރއެއް ތަޢާރަފުކޮށްފިއެވެ. މި ފެއަރގެ ދަށުން އިންޑިޔާއަށް ދަތުރުކުރުމަށް ބޭނުންކުރާނީ އެއަރބަސް އޭ320 ބޯޓު ކަމަށް އެ އެއަރލައިންއިން މަޢުލޫމާތުދެއެވެ.

މޯލްޑިވިއަންއިން ބުނީ، ޓިކެޓުގެ އަގު ހެޔޮކުރުމާއެކު، ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށާއި، ރާއްޖެއާއި ދެކުނު އިންޑިޔާއާ ދެމެދު ދަތުރުކުރުމަށް އިސްކަންދޭ އެއަރލައިނެއްގެ ގޮތުގައި ޙަރަކާތްތެރިވުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އެ ގޮތުން، މި މަސައްކަތުގެ ތެރެއިން، މޯލްޑިވިއަން އެއަރލައިންސްއިން ކޮޗިން އަދި ޓްރިވެންޑްރަމްއަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓުގެ އަގުތައް ހެޔޮކޮށް، ޚާއްޞަ ފެއަރއެއް ތަޢާރަފުކޮށްފައިވާ ކަމަށް މޯލްޑިވިޔަންއިން ހާމަކުރެއެވެ. މި ފެއަރއާއެކު ކޮޗިންއަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ފެށޭނީ 176 އެމެރިކާ ޑޮލަރުން ކަމަށާއި، ތިރުވަނަންތަޕުރަމް (ޓްރިވެންޑްރަމް)އަށް ކުރާ ދަތުރުތަކުގެ ޓިކެޓުގެ އަގު ފެށޭނީ 232 އެމެރިކާ ޑޮލަރުން ކަމަށް ޤައުމީ އެއަރލައިންއިން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން