Ads by Stelco

ޚަބަރު

ށ. ކަނޑިތީމުގައި މިރޭ ހަވާ އަރުވަނީ

ށ. ކަނޑިތީމުގައި މިރޭ ހަވާ އަރުވަނީ

ހަވާ އެރުވުން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 އޮކްޓޯބަރު 2025، 04:32

11 އޮކްޓޯބަރު 2025، 04:32

ށ. ކަނޑިތީމުގައި މިރޭ ހަވާ އެރުވުމުގެ ޙަރަކާތެއް ކުރިއަށްދާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދޭގޮތުގައި، މި ހަރަކާތް ކުރިއަށްދާނީ ށ.ކަނޑިތީމުގައި މިރޭ 21:00 އާއި 21:30 އާއި ދެމެދުގައެވެ. އަދި ހަވާ އެރުވުމުގެ މުއްދަތަކީ 3 މިނެޓު ކަމުގައި ވެސް އެމްއެންޑީއެފުން ބުނެއެވެ.

މި ޙަރަކާތަކީ، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ވިޔަފާރި އުޞޫލުން ކުރިއަށްގެންދާ ޕްރައިވެޓް އިވެންޓެއް ކަމަށް އެމްއެންޑީއެފުން ފާހަގަކުރެއެވެ.

ސިފްކޯއިން ވަނީ މީގެ ކުރިން ވެސް އެކި ޚާއްޞަ މުނާސަބަތުތަކާއި ޙަރަކާތްތަކާ ގުޅިގެން ވިޔަފާރި އުޞޫލުން ހަވާ އެރުވުމުގެ ޙަރަކާތްތައް ގިނަ ފަހަރު ކުރިއަށް ގެންގޮސްފައެވެ. މިފަދަ ޙަރަކާތްތަކަށް ޢާންމުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން