Ads by Stelco

ޚަބަރު

އައްޑޫ ކައުންސިލާ ގުޅޭ ވޯޓުގެ ބައިވެރީން ޢާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

އައްޑޫ ކައުންސިލާ ގުޅޭ ވޯޓުގެ ބައިވެރީން ޢާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

އައްޑޫ ސިޓީ ކައުންސިލް އިދާރާ.

farudhun logo

ފަރުދުން

11 އޮކްޓޯބަރު 2025، 04:34

11 އޮކްޓޯބަރު 2025، 04:34

އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ނިޡާމާ ގުޅޭ ގޮތުން ނަގާ ވޯޓުގައި ބައިވެރިވެ ވޯޓު ލުމުގެ ޙައްޤު ލިބިފަވާ މީހުންގެ ރެޖިސްޓްރީ ޢާންމުކޮށް، ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

މި ވޯޓު ނެގުން ކުރިއަށް ގެންދިއުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ މި މަހުގެ 25ވަނަ ދުވަހުއެވެ. މި މަހުގެ 5ވަނަ ދުވަހު ވަޒީރުންގެ މަޖިލިހުން ނިންމެވީ އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް އެ ރަށްތަކުގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމަށެވެ. މީގެ ތެރެއިން އައްޑޫ ހުޅުދުއާއި އައްޑޫ މީދޫގައި ނަގަނީ، ސިޓީ ކައުންސިލުން ވަކިވެ، ހުޅުދޫ އަދި މީދޫ ހިމެނޭހެން އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމުގެ ވޯޓެކެވެ.

ވޯޓުގެ ތައްޔާރީތަކުގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން ވަނީ، ވޯޓު ލެވޭ މީހުންގެ ލިސްޓް ޢާންމުކޮށް، ޝަކުވާއަށް ހުޅުވާލާފައެވެ.

މި ވޯޓުގައި ބައިވެރިވުމުގެ ޙައްޤު ޖުމުލަ 9577 ފަރާތަކަށް ލިބިގެންވާ އިރު، ވޯޓު ލެވޭ އާބާދީގެ ތަފްޞީލު ތިރީގައި އެ ވަނީއެވެ.

މީދޫ - 2348 މީހުން
ހުޅުދޫ - 2874 މީހުން
ފޭދޫ - 4355 މީހުން

މި ލިސްޓު ކޮމިޝަނުން ޢާންމުކޮށްފައިވާ އިރު، ގެޒެޓު، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓް، އަދި އައްޑޫ ސިޓީގެ ފެދޫ، ހުޅުދޫ އަދި މީދޫ އަވަށު އިދާރާތަކުގައި މި ލިސްޓު ފެންނާން ހުންނާނެއެވެ.

ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލާފައިވަނީ މާދަމާގެ މެންދުރުފަހު 03:00ގެ ނިޔަލަށެވެ. ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ފޯމު މެދުވެރިކޮށެވެ.  ފޯމު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި ކޮމިޝަނުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އޮންލައިންކޮށް ޝިކާޔަތު ހުށައަޅާނީ، ކޮމިޝަންގެ އީމެއިލް އެޑްރެސް [email protected]އަށް ފޮނުވައިގެންނެވެ.

އައްޑޫ ސިޓީ ކައުންސިލް އުފެދިފައިވާ ގޮތަށް ބަދަލު ގެނައުމަށް ނަގާ މި ވޯޓުގައި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ޖުމްލަ 18 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކުރެއެވެ. މީގެ ތެރޭގައި، މާލެ ސަރަޙައްދުގައި ބަހައްޓާ 7 ފޮއްޓެއް ހިމެނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން