ކުޅިވަރު

ރޭންޖާރސްއަށް އެނބުރި އައުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފަން ޖެރާޑު ނިންމައިފި

ރޭންޖާރސްއަށް އެނބުރި އައުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފަން ޖެރާޑު ނިންމައިފި

ރޭންޖާރސްއާއެކު ޖެރާޑު ވަނީ 2020/21 ސީޒަން ކާމިޔާބުކޮށްފައި---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

12 އޮކްޓޯބަރު 2025، 08:40

12 އޮކްޓޯބަރު 2025، 08:40

ސްކޮޓްލަންޑުގެ ރޭންޖާރސްގެ ކޯޗެއްގެ މަޤާމަށް ދެވަނަ ފަހަރަށް އެނބުރި އައުމަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފައި ދޫކޮށްލުމަށް، އިންގްލެންޑު އަދި ލިވަޕޫލްގެ ކުރީގެ ކެޕްޓަން، ސްޓީވެން ޖެރާޑު ނިންމައިފިއެވެ.

ގެރާޑަށް މި ފުރުސަތު ލިބުނީ، ރޭންޖާރސްގެ ކޯޗެއްގެ މަޤާމުގައި ހުރި ރުސެލް މާޓިންސް މިދިޔަ އާދީއްތަ ދުވަހު މަޤާމުން ވަކިކުރުމާ ގުޅިގެންނެވެ.

ޖެރާޑްއާއެކު ރޭންޖާރސްއިން ކުރިޔަށް ގެންދިޔަ މަޝްވަރާތައް ކުރީކޮޅު ރަނގަޅަށް ދިޔަ ނަމަވެސް، މިހާރަށް އެއީ ނުވާނެކަމެއްކަމަށް އެ ކްލަބުން ވެސް ޤަބޫލުކުރާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖެރާޑު ވަނީ 2018ވަނަ އަހަރުން ފެށިގެން 2021ވަނަ އަހަރާ ހަމައަށް ރޭންޖާރސްގެ ކޯޗެއްގެ މަޤާމު އަދާކޮށްފައެވެ. އަދި އޭނާގެ ފަހު ސީޒަންގައި ސްކޮޓިޝް ޕްރިމިއަރޝިޕް ވެސް ކާމިޔާބުކުރިއެވެ.

އެ ކްލަބަށްފަހު ޖެރާޑު ވަނީ އިނގިރޭސި ލީގުގެ އެސްޓަން ވިލާ އަދި ސައުދީ ޕްރޯ ލީގުގެ އަލް-އިއްތިފާޤުއާ ވެސް ހަވާލުވެފައެވެ. ނަމަވެސް އެ ދެ ކްލަބުގައި އޭނާއަށް ކާމިޔާބީއެއް ހާސިލް ކުރެވިފައެވެ ނުވެއެވެ. 

މި ދެ ކްލަބުގެ ވަޒީފާ ދޫކޮށްލުމަށްފަހު ވެސް ޖެރާޑު ވަނީ ކޯޗިން ކެރިއަރުގައި އަލުން ކުރިޔަށްދާން ބޭނުންވާކަން ހާމަކޮށްފައެވެ. އެ ވިސްނުމުގައި ހުރި ނަމަވެސް، އޭނާ ވަނީ ރޭންޖާރސްއާ ހަވާލުވުމަށް ކުރިޔަށް ގެންދިއުމަށް ނިންމާފައި އޮތް އިންޓަވިއު މަރުހަލާގައި ބައިވެރި ނުވުމަށް އިއްޔެ ނިންމާފައެވެ.

ރޭންޖާރސްގައި ހުރި މާޓިންސްއަށް ވަޒީފާ ގެއްލުނީ، ލީގުގެ ފުރަތަމަ 7 މެޗުގެ ތެރެއިން 6 މެޗުން މޮޅު ނުވެވި، ލީގުގެ 8ވަނަގައި އޮތުމުންނެވެ. އެ ކްލަބާއެކު އޭނާ ނިކުމެފައި ވަނީ 17 މެޗަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން