Ads by Stelco

ޚަބަރު

ހއ.އަތޮޅުން ރ.އަތޮޅަށް ރީނދޫ ސަމާލު ނެރެފި

ހއ.އަތޮޅުން ރ.އަތޮޅަށް ރީނދޫ ސަމާލު ނެރެފި

މާލެއަށް ވާރޭވެހުނު ދުވަހެއް. ފޮޓޯ: ސަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޮކްޓޯބަރު 2025، 10:24

12 އޮކްޓޯބަރު 2025، 10:24

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހއ.އަތޮޅުން ރ.އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މި ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ރ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީއެވެ.

މެޓުން ނެރުނު ސަމާލުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމާއެކު ވިއްސާރަވެ، ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި މީގެ ސަބަބުން ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. މި ސަމާލުގެ މުއްދަތު ހަމަވާނީ މިއަދުގެ މެންދުރު 13:00 އަށެވެ.

މިއަދުގެ މޫސުމާ ގުޅޭގޮތުން މެޓްއިން އިތުރަށް ހާމަކުރި މަޢުލޫމާތުގައި، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވެއެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 45 މޭލަށް އަރާނެ ކަމަށް މެޓްއިން ލަފާކޮށްފައިވާއިރު، ދެކުނުގެ ކަނޑުތައް ގަދަވެ، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

މި ނުތަނަވަސް މޫސުމާ ގުޅިގެން މެޓްއިން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން