ދުނިޔެ

ޝަރަމް އައް ޝެއިޚްގައި ހިނގި ކާރު އެކްސިޑެންޓެއްގައި ޤަޠަރުގެ 3 އޮފިޝަލުން ނިޔާވެއްޖެ

ޝަރަމް އައް ޝެއިޚްގައި ހިނގި ކާރު އެކްސިޑެންޓެއްގައި ޤަޠަރުގެ 3 އޮފިޝަލުން ނިޔާވެއްޖެ

މިޞްރުގެ ޝަރަމް އަލް ޝައިޚް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 އޮކްޓޯބަރު 2025، 01:10

12 އޮކްޓޯބަރު 2025، 01:10

މިޞްރުގެ ރަތް ކަނޑު ސަރަހައްދުގައި އޮންނަ ޝަރަމް އައް ޝެއިޚް ގައި ހިނގި ކާރު އެކްސިޑެންޓެއްގައި ޤަޠަރުގެ އިސް 3 އޮފިޝަލުން ނިޔާވެއްޖެއެވެ. 

މި ހާދިސާގައި އިތުރު 2 އޮފިޝަލަކަށް އަނިޔާވެފައިވާ ކަމަށް ޤާހިރާގައި ހުންނަ ޤަޠަރުގެ އެމްބަސީން މައުލޫމާތު ދީފިއެވެ.

އިއްޔެ ނެރުނު ބަޔާނެއްގައި އެމްބަސީން ބުނީ، ނިޔާވި 3 އޮފިޝަލުންނަކީވެސް ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އަލް ޘާނީގެ އިދާރީ އޮފީސް ކަމަށްވާ އަމީރީ ދީވާނުގެ މުވައްޒަފުން ކަމަށެވެ. އަދި މި އޮފިޝަލުން ނިޔާވެފައިވަނީ ރަސްމީ ޑިއުޓީ އަދާކުރަމުން ދަނިކޮށް ކަމަށްވެސް އެމްބަސީން ފާހަގަކޮށްފައިވެއެވެ.

އެކްސިޑެންޓްގައި އަނިޔާވި 2 އޮފިޝަލުން މިހާރު ފަރުވާ ހޯދަމުން ދަނީ ޝަރަމް އައް ޝެއިޚްގެ ހޮސްޕިޓަލެއްގައެވެ.

 "އެމްބަސީން ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް އެންމެ ފުން ހިތާމައާއެކު ތައުޒިޔާ ދަންނަވަމެވެ. އަދި މާތްﷲ އެ ފަރާތްތަކަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވައި، އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއެއް ދެއްވުން އެދި ދުޢާ ދަންނަވަމެވެ،" އެމްބަސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މި ހަފްތާގެ ކުރީކޮޅު ޣައްޒާގެ ހަނގުރާމަ ހުއްޓުވުމަށް އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގި މަޝްވަރާތައް ބޭއްވުނީ ޝަރަމް އައް ޝެއިޚްގައެވެ. އަދި މާދަމާ މި ޝަރަމް އައް ޝައިޚްގައި މި މައްސަލައާ ގުޅޭ ބައިނަލްއަޤްވާމީ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން