Ads by Stelco

ޚަބަރު

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ ގެއެއްގެ ފުރާޅު ވަޔާ އެއްލާލައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ ގެއެއްގެ ފުރާޅު ވަޔާ އެއްލާލައިފި

ވިއްސާރާގައި އެއްލާލި ފުރާޅު ހަދަނީ/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

12 އޮކްޓޯބަރު 2025، 01:10

12 އޮކްޓޯބަރު 2025، 01:10

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ ގެއެއްގެ ފުރާޅު ވަޔާ އެއްލާލައިފި އެވެ.

މޯލްޑިސްވް  ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ވިއްސާރާގައި އައްޑޫ ސިޓީގެ ގެއެއްގެ ފުރާޅު ވަޔާ އެއްލާލުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އެގޮތުން، މި ޙާދިސާގެ މަޢުލޫމާތު މިއަދު 09:13 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަޙައްދަށް ގޮސް ފުރާޅު ވަޔާ އެއްލާލި އައްޑޫ ސިޓީ، މީދޫ ރޯޒްވިލާގޭގެ ފުރާޅު ހެދުމުގައި އެހީތެރިކަން ފޯރުކޮށްދީފައިކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި މި މަސައްކަތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން ވެސް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

އެމްއެންޑީއެފުން އިތުރަށް ވިދާޅުވީ،  މި މަސައްކަތް އެއްކޮށް ނިންމާލެވިފައި ވަނީ މިއަދު ހެނދުނު 10:09 ހާއިރު ކަމަށެވެ. އަދި  މި ޙާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި  ނުވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން