Ads by Stelco

ޚަބަރު

ގ.ދ. މަޑަވެލީ މަސްވެރީންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ބައްދަލުވުމެއް ބާއްވައިފި

ގ.ދ. މަޑަވެލީ މަސްވެރީންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ބައްދަލުވުމެއް ބާއްވައިފި

ގ.ދ. މަޑަވެލީ މަސްވެރީންނަށް ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ޚާއްޞަ ބައްދަލުވުމެއް ބޭއްވުން.

farudhun logo

ފަރުދުން

12 އޮކްޓޯބަރު 2025، 02:29

12 އޮކްޓޯބަރު 2025، 02:29

ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ މަސްވެރީންގެ ކަންބޮޑުވުންތަކާއި، އެ މީހުންނަށް ކުރިމަތިވެފައިވާ ދަތތިތަކަށް ޙައްލު ހޯދައިދިނުމަށް މަޑަވެލީ ކައުންިސލުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބްގެ އިތުރުން ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ހަމަ އެހެންމެ، މަޑަވެލީ ކައުންސިލްގެ ރައީސާއި ކައުންސިލްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މަޑެވެލީގެ މަސްވެރީންނަށް މިހާރު ދިމަވެފައިވާ ދަތިތައް ކައުންސިލުން ވުޒާރާއާ ވަނީ ޙިއްޞާކުރައްވާފައެވެ. އަދި އެ ކަންކަމަށް އަވަސް ޙައްލެއް ގެނައުމަށް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި، މަޑަވެލީގެ މަސްވެރީންނަށް ދިމާވެފައިވާ އައިސް ލިބުމުގެ ދަތިކަން ޙައްލުކުރުމަށްޓަކައި، ރަށުގައި އައިސް ޕްލާންޓެއް ޤާއިމުކުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، މަޑަވެލި ކައިރީގައި ޤާއިމުކޮށްފައިވާ ވަދު ކަނޑުފަތި ކަނޑައިގެން ގޮސްފައިވާތީ، އެ ކަން ވީހައި ވެސް އަވަހަކަށް ޙައްލުކޮށްދިނުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަދި މަސްވެރީންނަށް އާރް.އެސް.ޑަބްލިއު. ލޯނު ފަސޭހަކަމާއެކު ލިބޭނެ އިންތިޡާމުތައް ހަމަޖެއްސުމާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝާވިރުކޮށްފައިވެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން