Ads by Farudhun

ޚަބަރު

އެޗްއާރުސީއެމްގެ އޮފީހެއް އައްޑޫ ސިޓީގައި އިމާރާތްކުރަނީ

އެޗްއާރުސީއެމްގެ އޮފީހެއް އައްޑޫ ސިޓީގައި އިމާރާތްކުރަނީ

އެޗްއާރްސީއެމްގެ ދެކުނު ސަރަޙައްދީ އޮފީސް އިމާރާތް ކުރުމަށްޓަކައި އައްޑޫ ސިޓީ ހިތަދޫން ބިމެއް ހަމަޖައްސުން / ފޮޓޯ: އެޗްއާރުސީއެމް

farudhun logo

ފަރުދުން

25 ނޮވެމްބަރު 2026، 11:03

25 ނޮވެމްބަރު 2026، 11:03

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ދެކުނު ސަރަޙައްދީ އޮފީސް އިމާރާތް ކުރުމަށްޓަކައި އައްޑޫ ސިޓީ ހިތަދޫން ބިމެއް ހަމަޖައްސައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެޗްއާރްސީއެމްގެ ފަރާތުން ސޮއިކުރެއްވީ އެ ކޮމިޝަނުގެ ރައީސް ޑރ. ޢާއިޝަތު ރަމީލާއެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު ޢަލީ ނިޒާރެވެ.

އެޗްއާރްސީއެމްގެ އައު އޮފީސް އިމާރާތް ތަރައްޤީކުރުމަށްޓަކައި ހިތަދޫން ދޫކޮށްފައިވަނީ 3،500 އަކަފޫޓުގެ ބިމެކެވެ. އެ ކޮމިޝަނުން ވިދާޅުވި ގޮތުގައި މިއީ ދެކުނުގެ ސަރަޙައްދުގައި ކޮމިޝަނުގެ ޚިދުމަތްތައް ފުޅާކޮށް، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

އެޗްއާރްސީއެމްގެ މެންޑޭޓުގައި ރާއްޖޭގެ 4 ސަރަޙައްދެއްގައި އޮފީސްތައް ޤާއިމުކުރުން ހިމެނޭއިރު، ވެރިރަށް މާލެ ފިޔަވައި އެ ކޮމިޝަނުގެ އޮފީހެއް ޤާއިމުކޮށް މިހާރުވެސް ޚިދުމަތް ދެމުން އަންނަ ހަމައެކަނި ތަނަކީ އައްޑޫ ސިޓީއެވެ.

ކޮމިޝަނުގެ މަސައްކަތްތައް ފުޅާކޮށް، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި އައްޑޫ ސިޓީ ހިތަދޫގައި "ސަދަން ރީޖަނަލް އޮފީސް" ހުޅުވައި ޚިދުމަތް ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މިހާތަނަށް އެ އޮފީހުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ އަމިއްލަ ފަރާތެއްގެ ޢިމާރާތެއް ކުއްޔަށް ނަގައިގެންނެވެ.



އަލަށް ލިބުނު ބިމުގައި އެޗްއާރްސީއެމްގެ އަމިއްލަ އިމާރާތެއް އެޅުމާއެކު، އައްޑޫ ސިޓީއާއި ދެކުނުގެ ރައްޔިތުންނަށް އިންސާނީ ޙައްޤުތަކާ ގުޅޭ އެހީތެރިކަމާއި ޚިދުމަތްތައް މެދުކެނޑުމެއްނެތި، ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އިތުރު ބާރަކަށް ވެގެންދާނެ ކަމަށް އެ ކޮމިޝަނުން ދެކެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450