Ads by Farudhun

ޚަބަރު

ކައިވެނިން ބޭރުން، ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް އަންހެނަކު ވިހައިފި

ކައިވެނިން ބޭރުން، ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް އަންހެނަކު ވިހައިފި

ވިލިމާލެ ހޮސްޕިޓަލް---

farudhun logo

ފަރުދުން

25 ނޮވެމްބަރު 2026، 10:01

25 ނޮވެމްބަރު 2026، 10:01

ވިލިމާލޭގައި ދިރިއުޅޭ ގެއެއްގެ ފާހާނާ ތެރެއަށް، ކައިވެނިން ބޭރުން އަންހެނަކު ވިހެއި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، ކައިވެނީގެ ބޭރުން އަންހެނަކު ވިހާފައިވާ ކަމުގެ މި މައްސަލަ ވިލިމާލެ ހޮސްޕިޓަލުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2026 ނޮވެމްބަރު 23 ވީ އާދީއްތަ ދުވަހުގެ ރޭ 21:07 އެހައިކަންހާއިރުއެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ގޮތުގައި، އުމުރުން 37 އަހަރުގެ ދިވެހި މި އަންހެންމީހާ ވަނީ އަމިއްލައަށް ހޮސްޕިޓަލަށް ގުޅައި، އޭނާ ދިރިއުޅޭ ގޭގެ ފާހާނާ ތެރެއަށް ވިހާފައިވާ ކަމުގެ މައުލޫމާތު ހިއްސާކޮށްފައެވެ. އެ މައުލޫމާތު ލިބުމާއެކު ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހަކު ވަގުތުން އެ ގެއަށް ގޮސް، ވިހެއި އަންހެންމީހާ އާއި އަލަށް އުފަންވި ތުއްތު ކުއްޖާ އެމްބިއުލާންސްގައި ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރުން ބެލިބެލުމުން، އެ އަންހެންމީހާގެ ބަނޑުގައި އިތުރު ކުއްޖަކު އޮތްކަން ވަނީ އެނގިފައެވެ. އަދި ހޮސްޕިޓަލުން އެ ކުއްޖާ ވިއްސި ނަމަވެސް، ވިހެއި އިރުވެސް އެ ކުއްޖާ އޮތީ ނިޔާވެފައި ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ.

މި ހާދިސާގައި އުފަންވި އެއްމާބަނޑު ދެ ކުދިންނަކީ ވެސް ފިރިހެން ދެ ކުދިންނެވެ. މީގެ ތެރެއިން ގޭގެ ފާހާނާ ތެރެއަށް ފުރަތަމަ ވިހެއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންކަން ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450