Ads by Stelco

ޚަބަރު

49 ވަނަ ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯސް 30 ފުލުހަކު ފުރިހަމަކޮށްފި

49 ވަނަ ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯސް 30 ފުލުހަކު ފުރިހަމަކޮށްފި

ކޯހުގެ ބައިވެރިން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

12 އޮކްޓޯބަރު 2025، 02:51

12 އޮކްޓޯބަރު 2025، 02:51

49 ވަނަ ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯސް 30 ފުލުހަކު ފުރިހަމަކޮށްފި އެވެ. މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 6 އިން ފެށިގެން ހަތަރު ހަފުތާގެ މުއްދަތަކަށް މަހިބަދޫގައެވެ.

މި ކޯސް ނިންމުމުގެ ރަސްމިިއްޔާތު ބާއްވާފައިވަނީ، އދ. މަހިބަދޫގައި މި މަހުގެ 10 ވަނަ ދުވަހު އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ، ނޯތު ސެންޓްރަލް ޕޮލިސް ކޮމާންޑަރު ޗީފް ސުޕްރންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާއީލްއެވެ. މި ރަސްމިއްޔާތުގައި، އދ. އަތޮޅު ކޮމާންޑަރު އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން އަޒްމީލްއާއި، ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓުގެ ފަރާތުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ސައީދު އަބްދުލްހަކީމް، އަދި ކޯހުގެ މުދައްރިބުންނާއި ބައިވެރިންގެ އިތުރުން އދ. އަތޮޅު ފުލުހުން ބައިވެރިވެލެއްވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ކޯހުގައި ޕަބްލިކް ޑިސްއޯޑަރ ހާލަތްތަކުގައި ކެރިގެން ކުރިމަތިލުމަށް ފުލުހުން ތަމްރީނުކޮށްފައިވާ ކަމަށެވެ. ހަމަ އެހެންމެ، މި ކޯހުގައި ފުލުހުން ބޭނުންކުރާ ލެސްލީތަލް ހަތިޔާރު ބޭނުންކުރުމަށް ތަމްރީނުދީފައިވެވާއިރު، ކޯހުގެ ތެރެއިން ކިޔަވައިދެވުނު ހުރިހާ މާއްދާތައް ހިމެނޭހެން ޢަމަލީ މައިދާނުގައި ދިމާވާ ކަންކަމަށް ބިނާކޮށް ސިމިއުލޭޝަން އެކްސަސައިޒެއް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ކޯހުގައި އަންހެން 4 ފުލުހުންނާއި 26 ފިރިހެން ފުލުހުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން