Ads by Stelco

ޚަބަރު

ހުޅުދޫ އަސްދޫނި ޕާކުގެ ދިރުންތައް މެރި މައްސަލަ ފުލުހުންނާއި ވުޒާރާ ގުޅިގެން ތަޙުޤީޤުކުރަނީ!

ހުޅުދޫ އަސްދޫނި ޕާކުގެ ދިރުންތައް މެރި މައްސަލަ ފުލުހުންނާއި ވުޒާރާ ގުޅިގެން ތަޙުޤީޤުކުރަނީ!

އައްޑޫ ހުޅުދޫ އަސްދޫނި ޕާކުގައި އުޅޭ ދޫނިތަކާއި މަސްތައް މަރުވުން / ފޮޓޯ: ޖަމްބެ ސަންރައިސް ފޭސްބުކް

farudhun logo

ފަރުދުން

12 އޮކްޓޯބަރު 2025، 03:48

12 އޮކްޓޯބަރު 2025، 03:48

އައްޑޫ ސިޓީ ހުޅުދޫގައި ހުންނަ އަސްދޫނި ޕާކުގެ ދޫނިތަކާއި މަސްތައް ވިހައެއް އަޅައިގެން މަރާލި ކަމަށް ބުނާ މައްސަލަ ފުލުހުންނާއި ޖަނަވާރާ ބެހޭ ވުޒާރާ ގުޅިގެން ތަޙުޤީޤުކުރާން ފަށައިފިއެވެ.

ފުލުހުން އަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުދޫ އަސްދޫނި ޕާކުގައި އުޅޭ ދޫންޏާއި މަސްތައް މަރުވާ މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށެވެ. މި ކަން ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވެސް ވަނީ ހާމަކޮށްފައެވެ.

ހުޅުދޫގެ އަސްދޫނި ޕާކުގައި އުޅޭ ދޫނިތަކާއި މަސްތަކަށް ވިހައެއް ދީގެން އެ އެއްޗެހި މަރާލި ކަމަށް ވަނީ ތުހުމަތުކުރެވިފައެވެ.

ހުޅުދޫ ރައްޔިތުންނާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން މީގެ ދެ އަހަރު ކުރީން ބިނާކުރި އެ ޕާކުގައި ގެންގުޅޭ އަސްދޫނީގެ އިތުރުން، އެ ތަނުގައި އުޅޭ އެކި ބާވަތުގެ އެހެން ދޫނިތައް ވެސް މަރުވެފައި އޮތްވައި ވަނީ ފެނިފައެވެ. އަދި ހަމަ އެހެންމެ، އެ ޕާކުގެ ފެންގަނޑުގެ ތެރޭގައި އުޅޭ މަސްތައް ވެސް މަރުވެގެން އިއްޔެ ވަނީ ފެންމައްޗަށް އަރާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން