Ads by Exprox

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް ނިންމަވައިފި

ރައީސުލްޖުމްހޫރިއްޔާ ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް ނިންމަވައިފި

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

02 ނޮވެމްބަރު 2024، 02:25

02 ނޮވެމްބަރު 2024، 02:25

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް ނިޝާން ޢަސްކަރީގެ ވެރިކަމުގެ ޢިއްޒަތް އެރުވުމަށް ނިންމަވާފައެވެ. މި ނިންމެވުމަކީ ދިވެހި ޤައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި މޭޖަރ ޖެނެރަލް ޖަލީލު ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކާއި، ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.

ޚާއްޞަކޮށް، 1988 ނޮވެންބަރު 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާއާ ގުޅިގެން، ދިވެހި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި މޭޖަރ ޖެނެރަލް ޖަލީލު ކުރެއްވި މަތިވެރި ޖިހާދުގެ އަގު ވަޒަންކުރެއްވުމަށް މި ޢިއްޒަތް އެރުވުމަށް ނިންމަވާފައިވާކަން ރައީސް އޮފީހުން ހާމަކޮށްފައިވެއެވެ.

މި ޢިއްޒަތް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއިންނާއި، ޤާނޫނު ނަންބަރު 97/1 (ދިވެހިރާއްޖޭގެ ޢިއްޒަތުގެ ޤާނޫނު)ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުންނެވެ.

މި ޢިއްޒަތް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލަށް އެރުވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވޭ ރަސްމީ ޖަލްސާގައެވެ. މި ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި ދަރުބާރުގޭގައި ކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދީފައިވެއެވެ.
                    

މި ލިޔުން ކިޔާލުމުން

Ads by Stelco