Ads by Stelco

ޚަބަރު

އަލިހުރަސް ކަނޑަށް ޑައިވިންގ ދޯންޏެއް އަޑިއަށް ގޮސްފި، ސަމާލުވުމަށް އެދިއްޖެ

އަލިހުރަސް ކަނޑަށް ޑައިވިންގ ދޯންޏެއް އަޑިއަށް ގޮސްފި، ސަމާލުވުމަށް އެދިއްޖެ

އަލިހުރަސް ކަނޑަށް ޑައިވިންގ ދޯންޏެއް އަޑިއަށް ދިޔުން. / ފޮޓޯ: ޤައުމީ ދިފާޢީ ބާރު

farudhun logo

ފަރުދުން

12 އޮކްޓޯބަރު 2025، 04:50

12 އޮކްޓޯބަރު 2025، 04:50

އަލިހުރަސް ކަނޑަށް ޑައިވިންގ ދޯންޏެއް އަޑިއަށް ގޮސް، އޭގެ ބައިތަކާއި ތަކެތި އޮޔާދާތީ، އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމް.އެން.ޑީ.އެފް.އިން އެދިއްޖެއެވެ.

ޤައުމީ ދިފާޢީ ބާރުން ދެންމެ ބުނީ، އަޑިއަށް ގޮސްފައިވަނީ އ.އ. ރަސްދުއަށް ދަތުރުކުރަމުން ދިޔަ "ސްކޫބާ" ނަމަކަށް ކިޔާ ޑައިވިންގ ދޯންޏެއް ކަމަށެވެ. ދޯނި ދަތުރުކުރަމުން ދިޔައީ ސަފާރީއަކާ އެކު ކަމަށާއި، ދޯނީގައި ތިބި މީހުން ސަފާރީއަށް ނަގާފައިވާ ކަމަށް ވެސް އެމް.އެން.ޑީ.އެފް.އިން ހާމަކުރިއެވެ. އެ މީހުންގެ ޙާލު މިހާރު ރަނގަޅު ކަމަށް އެމް.އެން.ޑީ.އެފް.އިން ބުނެއެވެ.

މި ދޯނި އަޑިއަށް ގޮސްފައިވަނީ އަލިހުރަސް ކަނޑުން 12 ނޯޓިކަލް މޭލު އިރުން ކަމަށް ސިފައިން މަޢުލޫމާތު ދެއެވެ. އޭގެ ބައިތަކާއި ތަކެތި އޮޔާ ދަނީ ރަސްދޫ އިރުމައްޗަށް ވާ ގޮތަށެވެ.

"އަލިހުރަސް ކަނޑާއި އެ ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން މި ކަމަށް ސަމާލުކަން ދެއްވުމަށާއި އަދި ރޭގަނޑު މި ސަރަޙައްދުން ދަތުރުކުރައްވާ ފަރާތްތަކުން، ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަން." އެމް.އެން.ޑީ.އެފް.ގެ މެސެޖުގައި ވެއެވެ.

ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ނެރެފައިވާ އިރު، މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވެސް މިއަދު ވަނީ އަންގާފައެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރުނީ މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގައި ވައިޖެހި، ކަނޑުތައް ގަދަވާނޭ ކަމަށް ލަފާކޮށް، މެންދުރު 2:30އިން މިރޭ 20:30ގެ ނިޔަލަށެވެ.

މެޓް އޮފީހުން ބުނީ، ރާއްޖެއަށް ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އޮކްޓޫބަރު 17ގެ ނިޔަލަށް ރާއްޖެއަށް ޢާންމު ގޮތެއްގައި މޫސުން ގޯސްވާނޭ ކަމަށް ބެލެވޭ ކަމަށެވެ. ޚާއްޞަ ގޮތެއްގައި ދެކުނާއި މެދުރާއްޖެ ހިމެނޭ ސަރަޙައްދަށް ވައި ބާރުވުމާ އެކު ކަނޑުތައް ގަދަވެ، ވިއްސާރަ ކުރާނޭ ކަމަށް ބެލެވެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން