Ads by Stelco

ޚަބަރު

އެމްއެންޑީއެފްއިން ކަސްޓަމްސް އޮފިސަރުންނަށް ސެލްފް ޑިފެންސް ޕްރޮގްރާމެއް ފަށައިފި

އެމްއެންޑީއެފްއިން ކަސްޓަމްސް އޮފިސަރުންނަށް ސެލްފް ޑިފެންސް ޕްރޮގްރާމެއް ފަށައިފި

އެމްއެންޑީއެފްއިން ކަސްޓަމްސްގައި ކުރިޔަށް ގެންދާ ސެލްފް ޑިފެންސް ޕްރޮގްރާމް---

farudhun logo

ފަރުދުން

12 އޮކްޓޯބަރު 2025، 08:11

12 އޮކްޓޯބަރު 2025، 08:11

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ އޮފިސަރުންނަށް ޚާއްޞަކޮށްގެން ސެލްފް ޑިފެންސް ޕްރޮގްރާމެއް ފަށައިފިއެވެ.

އެމްއެންޑީއެފްއިން ހާމަކޮށްފައިވާ ގޮތުގައި މިއީ ކަސްޓަމްސްއަށް އަލަށް ރެކްރޫޓްކޮށްފައިވާ ފަރާތްތަކަށް ކުރިޔަށްގެންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމް ހިންގަނީ އެމްއެންޑީއެފްގެ މާލޭ އޭރިއާ ކޮމާންޑުންނެވެ.

ހޮނިހިރު ދުވަހު ފެށި މި ޓްރެއިނިން ޕްރޮގްރާމަކީ ސެލްފް ޑިފެންސްގެ އެކިއެކި އުކުޅުތައް ބޭނުންކުރާނެ ގޮތްތައް ކިޔައިދިނުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. 

ތިން ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މި ޕްރޮގްރާމް ނިމޭނީ މި މަހުގެ 13ވަނަ ދުވަހެވެ. 

އަލަށް ރެކްރޫޓުކުރާ އޮފިސަރުން ތަމްރީނުކުރުމުގެ ގޮތުން ކަސްޓަމްސްއިން ކުރިޔަށްގެންދާ އިންޑަކްޝަން ޓްރެއިނިންގެ ތެރެއިން، ކަމާގުޅުންހުރި އެހެނިހެން އިދާރާތަކުގެ މަސައްކަތްތަކަށް ވެސް އަހުލުވެރިކުރުވައެވެ. މިއީ މަސައްކަތުގެ މާޙައުލަށް އޮފިސަރުން ހޭނުމަށް ކުރިޔަށްގެންދާ މުހިންމު ތަމްރީނު ތަކެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން