Ads by Stelco

ޚަބަރު

ހަންކެޑެ އާއި ނަލަންދޫގައި ރިޒޯޓު ތަރައްޤީ ކުރުމަށް ހުޅުވާލައިފި

ހަންކެޑެ އާއި ނަލަންދޫގައި ރިޒޯޓު ތަރައްޤީ ކުރުމަށް ހުޅުވާލައިފި

ހަންކެޑެ ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ ތަސްވީރެއް. --

farudhun logo

ފަރުދުން

12 އޮކްޓޯބަރު 2025، 10:49

12 އޮކްޓޯބަރު 2025، 10:49

އައްޑޫ ސިޓީގެ ފަތުރުވެރިކަމާ ގުޅިފައި އޮތް އެންމެ ބޮޑު މަޝްރޫޢު ކަމުގައިވާ ހަންކެޑެގެ އިތުރުން، ށ. ނަލަންދޫގައި ރިސޯޓު ތަރައްޤީކުރުމަށް ސަރުކާރުން ހުޅުވާލައިފިއެވެ.

ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާއިން ނެރުނު އިޢުލާނެއްގައިވާ ގޮތުން އައްޑޫ ސިޓީ ހަންކެޑެގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ އިންޓަރގްރޭޓަޑް ޓޫރިސްޓް ރިސޯޓެކެވެ. އެގޮތުން މި ރިޒޯޓުގައި މަދުވެގެން 1،000 ކޮޓަރި ތަރައްޤީ ކުރުމަށް ވަނީ ހުޅުވާލާފައެވެ.

މި މަޝްރޫޢަށް ޘައުގުވެރިވާ ފަރާތްތަކުން ފަތުރުވެރިކަމާބެހޭ ވުޒާރާއަށް އީމެއިލް މެދުވެރިކޮށް އިތުރު މަޢުލޫމާތު ސާފު ކުރުމަށް އެ ވުޒާރާއިން އެދެއެވެ.

އައްޑޫ ސިޓީގެ ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަޤުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަޙައްދެއްގެ ގޮތުގައި އެ ސަރަޙައްދު ވަނީ ކަނޑައަޅާފައެވެ. އެ ޕްރޮޖެކްޓް ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މި މަހުގެ ފުރަތަމަ ދުވަހުއެވެ. 

ހަންކެޑެ ތަރައްޤި ކުރުމަށް އެ ސަރަޙައްދު ކުރިން އޮތީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދީފައެވެ. ނަމަވެސް 2 ޑިސެންބަރު 2021 ގައި އެކަށައެޅުއްވި އެ ޤަރާރު ވަނީ އުވައިލައްވާފައެވެ.

ށ. ނަލަންދޫގައި ރިސޯޓު ތަރައްޤީ ކުރުމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލާފައިވަނީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ ރަށްރަށުގެ ތެރެއިންނެވެ. އެގޮތުން ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 12ވަނަ ދުވަހުގެ ހެނދުނު 10:00އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

މި މަޝްރޫއުގެ ބީލަން ފޮތް އަންނަ އަންގާރަ ދުވަހުން ފެށިގެން އަންނަ މަހުގެ 10ވަނަ ދުވަހާ ހަމައަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިގެ ރިސެޕްޝަނުން ލިބެން ހުންނާނެ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން