ދުނިޔެ
ހަމާސްގެ އަލް-ޤައްސާމް ބްރިގޭޑުން އަސީރުން ދޫކޮށްލުމުގެ އެއްބަސްވުމަށް ފުރިހަމައަށް ތަބާވާނެކަން އިޢުލާނުކޮށްފި

އިސްރާއިލްގއ އަސީރުންގެ މަރުކަޒެއް
ހަމާސްގެ ހަނގުރާމައިގެން ލަޝްކަރުގެ ގޮތުގައި ހަރަކާތްތެރިވާ އަލް-ޤައްސާމް ބްރިގޭޑުން އިސްރާއިލާއެކު ވެފައިވާ އަސީރުން ދޫކޮށްލުމުގެ އެއްބަސްވުމަށް ފުރިހަމައަށް ތަބާވާނެކަން އިއުލާނުކޮށްފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާނުކުރި ހަމަލާތއް ހުއްޓުމަކަށް ގެނައުމުގެ އެއްބަސްވުމުގެ ދަށުން މިހާރު ވަނީ އަސީރުން ދޫކޮށްލަން ފަށާފައެވެ.
މި އެއްބަސްވުމުގެ ދަށުން އަލް-ޤައްސާމް ބްރިގޭޑުން ވަނީ އިސްރާއިލްގެ 20 އަސީރުން ދޫކޮށްލާފައެވެ. އަލް-ޤައްސާމްގެ ބަޔާނެއްގައި ބުނެފައިވަނީ މި އެއްބަސްވުމަކީ ފަލަސްތީނު ރައްޔިތުންގެ ކެތްތެރިކަމާއި މުޤާވަމަތުގެ ސާބިތުކަމުގެ ނަތީޖާއެއް ކަމަށެވެ.
އަލް-ޤައްސާމްގެ ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވަނީ އިސްރާއިލަށް އެ ޤައުމުގެ އިންޓެލިޖެންސް އަދި ސިފައިންގެ ބާރުގެ ބޭނުން ހިފައިގެންވެސް ބަންދީން ދޫކޮށްނުލެވުނު ކަމަށެވެ. އަދި މިހާރު އެ ޤައުމުން ވަނީ މުޤާވަމަތުން ކުރިން ބުނި ފަދައިން އަސީރުން ބަދަލުކުރުމުގެ އެއްބަސްވުމަކަށް އައިސްފައި ކަމަށެވެ.
އެއްބަސްވުމުގެ ދަށުން އިސްރާއިލުން 250 ފަލަސްތީނު އަސީރުން ދޫކޮށްލާނެއެވެ. މީގެ ތެރޭގައި އުމުރަށް ޖަލަށްލާފައިވާ އަސީރުންނާއި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ގެ ފަހުން ހައްޔަރުކޮށްފައިވާ 1،700 އެހެން އަސީރުން ހިމެނެއެވެ.
ރެޑް ކްރޮސްގެ ތަރުޖަމާނު އަލްޖަޒީރާއަށް މައުލޫމާތު ދެއްވި ގޮތުގައި އެ ޖަމްއިއްޔާގެ ޓީމުތަކުން ވަނީ ޣައްޒާގައި ތިބި އިސްރާއިލްގެ އަސީޜުން ދޫކޮށްލުމުގެ މަސައްކަތް ފަށާފައެވެ. އަދި އިޒްރޭލުގެ ޗެނަލް 13 އިން ވަނީ ރެޑް ކްރޮސްއިން 7 އަސީރުން ޙަވާލުކުރިކަން ކަށަވަރުކޮށްދީފައެވެ.