Ads by Stelco

ޚަބަރު

ސްޕެއިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ސްޕެއިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ޚާރިޖީ ވަޒީރު ތަހުނިޔާ ފޮނުއްވައިފި

ދިވެހިރާއްޖެއާއި ސްޕެއިންގެ ދިދަ/ފޮޓޯ: ޝަޓަރސްޓޮކް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

13 އޮކްޓޯބަރު 2025، 03:56

13 އޮކްޓޯބަރު 2025، 03:56

ސްޕެއިންގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.

ސްޕެއިންގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޔޫރަޕިއަން ޔޫނިއަން އެންޑް ކޯޕަރޭޝަން، ހޯޒޭ މަނުއެލް އަލްބަރޭސް ބުއޭނޯ އަށް އެ ޤައުމުގެ ޤައުމީ ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، ސްޕެއިންގެ ސަރުކާރަށާއި ރައްޔިތުންނަށް، ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް އަރިސްކުރައްވާ ކަމަށެވެ.

ހަމަ އެހެންމެ، ދިވެހިރާއްޖެ އާއި ސްޕެއިން އާ ދެމެދުގައި އޮތް ގުޅުން ދެ ޤައުމަށް ވެސް ފައިދާވާނެ ފަދައިން ކުރިއެރުވުމަށް   އެއްބާރުލުންދީ، ދޭދޭ މަޞްލަޙަތު ހިއްސާކުރާ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގައި ދެމިހުންނަވާނެކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު ވަނީ ދެއްވާފައެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ސްޕެއިންގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން