Ads by Stelco

ޚަބަރު

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުވެފައިވާ ބޭފުޅުން ހަމަޖައްސަވައިފި

މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުވެފައިވާ ބޭފުޅުން ހަމަޖައްސަވައިފި

ނޫސްވެރިންގެ ބައްދަލުވުމެއް/ފޮޓޯ: ދަ ޕްރެސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

13 އޮކްޓޯބަރު 2025، 06:26

13 އޮކްޓޯބަރު 2025، 06:26

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް މީޑިއާތަކުން އިންތިޚާބުވެފައިވާ ބޭފުޅުން މިއަދު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މިގޮތަށް ހަމަޖައްސަވާފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު 21 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތީން ކަމަށެވެ.

އެގޮތުން، މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ތެރެއިން ބްރޯޑްކާސްޓަރުން ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ހަމަޖެއްސެވީ ށ. ފޭދޫ/މޫނިމާގެ، ޢަބްދުލްޢަޒީޒް އިބްރާހީމާއި، ގދ. ތިނަދޫ/މަލަ، ޒަމްޢަތު އަޙްމަދު ވަޙީދެވެ. މީގެ އިތުރުން، އެހެން މީޑިއާތައް ތަމްސީލުކުރާ 2 މެންބަރުންގެ ގޮތުގައި ހަމަޖެއްސަވާފައި ވަނީ ގދ. ރަތަފަންދޫ/ވެލީގެ، ސިމާޙާ ނަސީމާއި ހދ. ވައިކަރަދޫ/ހިސާން، ޙުސައިން ޘަޤީފެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން އެކުލެވިގެންވަނީ ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 3 މެންބަރުންނާއި މީޑިއާތަކުން އިންތިޚާބުކުރާ 4 މެންބަރުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން