Ads by Stelco

ޚަބަރު

މާދަމާއިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކުން އީ.ޓީ.އޭ. ފޯމެއް ފުރަން ޖެހޭނެ!

މާދަމާއިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކުން އީ.ޓީ.އޭ. ފޯމެއް ފުރަން ޖެހޭނެ!

ސްރީލަންކާ އިމިގްރޭޝަން.

farudhun logo

ފަރުދުން

14 އޮކްޓޯބަރު 2025، 02:52

14 އޮކްޓޯބަރު 2025، 02:52

ސްރީލަންކާގެ އިމިގްރޭޝަން އުޞޫލަށް ގެނައި ބަދަލުތަކަކާ ގުޅިގެން، 15 އޮކްޓޫބަރު 2025 (މާދަމާ)އިން ފެށިގެން ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކުމެ، ސްރީލަންކާއަށް އެތެރެވުމުގެ ކުރީން އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީ.ޓީ.އޭ.) އެއް ހުށަހަޅާން ޖެހޭ ގޮތަށް ސްރީލަންކާގެ އިމިގްރޭޝަނުން ވަނީ ކަނޑައަޅާފައެވެ.

މި ގޮތުން، ސްރީލަންކާއަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކު ވެސް، ތިރީގައި މިވާ ލިންކް މެދުވެރިކޮށް، ފުރުމުގެ މަދުވެގެން 24 ގަޑި ކުރީން، ގިނަ ވެގެން 48 ގަޑި ކުރީން، މި ފޯމް ފުރިހަމަކޮށް، ހުށަހަޅާން ޖެހޭނެއެވެ.

https://eta.gov.lk/slvisa

މި އައު ޤަވާޢިދުގެ ސަބަބުން، ސްރީލަންކާއިން ދިވެހީނަށް ވިސާ ދޫކުރުމަށް ހަމަޖެހިފައިވާ އިންތިޡާމަށް ނުވަތަ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ.

އެހެންކަމުން، ސްރީލަންކާއަށް ދަތުރުކުރައްވާ ފަރާތްތަކުން، ސްރީލަންކާއަށް ދަތުރުކުރެއްވުމުގެ ކުރީން ސްރީލަންކާގެ އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީ.ޓީ.އޭ.) ފޯމް ފުރުއްވުމަށް ވުޒާރާއިން އިލްތިމާސްކުރެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން