Ads by Stelco

ޚަބަރު

އިންޑިޔާއަށް ދަތުރުކުރުމުގެ ކުރިން އެރައިވަލް ކާޑު ފުރުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފި

އިންޑިޔާއަށް ދަތުރުކުރުމުގެ ކުރިން އެރައިވަލް ކާޑު ފުރުމަށް ޚާރިޖީ ވުޒާރާއިން އިލްތިމާސްކޮށްފި

އިންޑިޔާ އިމިގްރޭޝަން.

farudhun logo

ފަރުދުން

14 އޮކްޓޯބަރު 2025، 03:00

14 އޮކްޓޯބަރު 2025، 03:00

އިންޑިޔާ އިމިގްރޭޝަން އުޞޫލުތަކަށް ގެނައި އިޞްލާޙަކާ ގުޅިގެން، 10 އޮކްޓޫބަރު 2025ން ފެށިގެން އިންޑިޔާއަށް ދަތުރުކުރާ ކޮންމެ ފަސިންޖަރަކުމެ އެ ޤައުމަށް އެތެރެވުމުގެ ކުރީން "އީ-އެރައިވަލް ކާޑު" އޮންލައިންކޮށް ފުރިހަމަކުރާން ޖެހޭ ގޮތަށް ހެދުމަށް އިންޑިޔާ އިމިގްރޭޝަނުން ވަނީ ނިންމާފައެވެ.

މި ގޮތުން، އިންޑިޔާއަށް ދަތުރުކުރާ ކޮންމެ ފަރާތަކުން ވެސް، ފުރުމުގެ ކުރީން 72 ގަޑިއިރު ތެރޭގައި ތިރީގައި މިވާ ލިންކް މެދުވެރިކޮށް މި ފޯމް ފުރިހަމަކުރުން ލާޒިމުވާނެއެވެ.

https://indianvisaonline.gov.in/earrival/

މި ޤަވާޢިދުގެ ސަބަބުން، އިންޑިޔާއިން ދިވެހީންނަށް ވިސާ ދޫކުރުމުގެ އިންތިޡާމަށް ނުވަތަ ސިޔާސަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ހާމަކޮށްފައި ވެއެވެ.

ވީމާ، އިންޑިޔާއަށް ދަތުރުކުރައްވާ ފަރާތްތަކުން އެ ޤައުމަށް ދަތުރުކުރެއްވުމުގެ ކުރީން އީ-އެރައިވަލް ކާޑު އޮންލައިންކޮށް ފުރުއްވުމަށް ވުޒާރާއިން އިލްތިމާސްކުރެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން