Ads by Stelco

ޚަބަރު

އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ބުނާ ވާހަކަ ވަޒީރު ދޮގުކުރައްވައިފި

އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ކުރަމުންދިޔަ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ބުނާ ވާހަކަ ވަޒީރު ދޮގުކުރައްވައިފި

މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޮކްޓޯބަރު 2025، 05:12

14 އޮކްޓޯބަރު 2025، 05:12

ރާއްޖޭގެ މަސް އިނގިރޭސިވިލާތަށް އެތެރެކުރުމަށް ނަގާ ޓެރިފް ކުޑަ ކުރުމަށް ކުރާ މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

 

އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދުއާ ސުވާލުކުރެވުނެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ސަޢީދު ވިދާޅުވެފައިވަނީ، ނިމިދިޔަ ސަރުކާރުގައި މިކަމުގައި ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަމަށް ދެކެވޭ ވާހަކަތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

މިކަމާ ގުޅިގެން މަސްވެރިކަމާ ބެހޭ ވަޒީރު ޝިޔާމް ވިދާޅުވެފައިވަނީ، "ދިވެހިން ބާނާ މަސް ޓެރިފަކާ ނުލައި ދެމެހެއްޓެނިވި ގޮތަކަށް އިނގިރޭސިވިލާތުގެ ބާޒާރަށް ގެންދިއުމަށް ކުރަމުންދާ މަޝްވަރާތައް މިހާރުވެސް ކުރިއަށްދޭ" ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން މިކަމަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެން ގޮސްފައިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޝިޔާމް އިތުރަށް ވިދާޅުވެފައިވަނީ، މަސްވެރިންނަށް މިހާރު ދިމާވަމުންދާ ގޮންޖެހުންތަކަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މިދާއިރާ ނުބެލެހެއްޓި، އެޅި ދޯހަޅި ފިޔަވަޅުތަކުގެ ސަބަބުން ކުރިމަތިވި ކަންކަން ކަމަށެވެ. އެގޮތުން އިނގިރޭސިވިލާތާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ދާދި އަވަހަށް ސޮއިކުރެވޭނެ ކަމުގެ އުއްމީދު ދިނުމަށްފަހު މަހުގެ އަގު އުފުލިފައިވާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރައްވަނީ މަސްވެރިކަމުގެ ސިނާޢަތާއި މަސްވެރިންގެ ދިފާޢުގައި ކަމަށާއި، މަސްވެރިކަމުގެ ސިނާޢަތަށް ވިޔަފާރީގެ ހަމަހަމަ ފުރުސަތު ފޯރުކޮށްދިނުމަށްވެސް މަސައްކަތް ކުރާނެ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން