Ads by Stelco

ޚަބަރު

އަމީނީމަގުގައި އެކްސިޑެންޓެއް ވެ 11 އަަހަރުގެ ކުއްޖަކަށް އަނިޔާވެ ފަރުވާ ދެނީ

އަމީނީމަގުގައި އެކްސިޑެންޓެއް ވެ 11 އަަހަރުގެ ކުއްޖަކަށް އަނިޔާވެ ފަރުވާ ދެނީ

ޕޮލިސް ހެޑްކުއާޓާސް. ފޮޓޯ: މިހާރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

14 އޮކްޓޯބަރު 2025، 05:12

14 އޮކްޓޯބަރު 2025، 05:12

މާލޭ އަމީނީމަގުގައި އެކްސްޑެންޓެއް ވެ 11 އަހަރުގެ ކުއްޖަކަށް ފަރުވާ ދީފައިވާ ކަމަށް ދިވެހި ފުލުހުން ބުނެފިއެވެ. 
  އެކްސްސިޑެންޓް ހިނގައިފައިވަނީ މިއަދު މެންދުރު ފަހު މާލޭ އަމީނީމަގުގައި ހުރި ރެހެންދި ފްލެޓް ކައިރީގައި ދެ ސައިކަލެއް ޖެހިގެނެވެ. މިއެކްސިޑެންޓުގައި 11 އަހަރުގެ ކުޑަކުއްޖަކަށް އަނިޔާވެފައިވެއެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 12:33 ހާއިރުއެވެ.
ފުލުހުން މައުލޫމާތު ދެއްވާގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވި ސައިކަލެއް، ކުޑަކުއްޖާ އިން ސައިކަލާ ޖެހުމުގެ ސަބަބުންނެވެ. އެކްސިޑެންޓްގައި އަނިޔާވި ކުއްޖާއަށް މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައެވެ.
ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި އެކްސިޑެންޓްގައި ކުއްޖާއަށް ލިބިފައިވަނީ ލުއި އަނިޔާތަކެކެވެ. އަދި މި މައްސަލައިގައި ބާރު ސްޕީޑްގައި ދުއްވި ސައިކަލް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން