ދުނިޔެ

އިންޑިއާގައި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވާކަން ހާމަކުރާ މުސްލިމުންނަށް ފިޔަވަޅު އަޅަން ފަށައިފި!

އިންޑިއާގައި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވާކަން ހާމަކުރާ މުސްލިމުންނަށް ފިޔަވަޅު އަޅަން ފަށައިފި!

އިންޑިއާގެ ބައެއް މުސްލިމް ރައްިތުން "އަހަރެން ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَދެކެ ލޯބިވޭ" ޕޯސްޓަރު ހިފައިގެން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 އޮކްޓޯބަރު 2025، 05:12

14 އޮކްޓޯބަރު 2025، 05:12

މިދިޔަ މަސްދުވަހުގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހިންދޫ ނޭޝަނަލިސްޓް ޕާޓީ، ބީޖޭޕީގެ ސަރުކާރު ހިންގާ އެތައް ސްޓޭޓެއްގައި އިންޑިއާގެ ފުލުހުން ވަނީ އެތައް މާރުކޭޓަކާއި ގެއަކަށް ވަދެ، މުސްލިމް ފިރިހެނުން ހައްޔަރުކޮށްފައެވެ. މި ހައްޔަރުކުރުންތަކާ ގުޅިގެން ބައެއް މުސްލިމުންގެ ގެތައް ބުލްޑޯޒްކޮށް ހަލާކުކޮށްފައިވެއެވެ. މިކަމުގެ ސަބަބަކީ "އަހަރެން ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ ދެކެ ލޯބިވޭ" (I Love Muhammad) މި ލިޔުން ޕޯސްޓަރުތަކާއި، ޓީޝާޓުތަކުގައި ނުވަތަ ސޯޝަލް މީޑިއާގައި ލިޔެފައި ހުރުމެވެ. ސަރުކާރުން ބުނަނީ މިކަމުގެ ސަބަބުން "އާންމު މަސްލަހަތަށް ނުރައްކާ" ވާ ކަމަށެވެ.

މިހާތަނަށް 2,500 އަށް ވުރެ ގިނަ މުސްލިމުންނާ ދެކޮޅަށް މަދުވެގެން 22 މައްސަލަ ރަޖިސްޓްރީކޮށްފައިވެއެވެ. ސިވިލް ރައިޓްސް ރައްކާތެރިކުރުމުގެ ޖަމިއްޔާ (APCR) އިން ރިޕޯޓުކުރާ ގޮތުގައި، ބީޖޭޕީ ސަރުކާރު ހިންގާ އެތައް ސްޓޭޓެއްގައި މަދުވެގެން 40 މީހުން ހައްޔަރުކޮށްފައިވެއެވެ.

މި ހަރަކާތްތައް ފެށިފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 4 ވަނަ ދުވަހު އުތުރު އިންޑިއާގެ އުއްތަރަ ޕްރަދޭޝް ސްޓޭޓުގެ ކާންޕޫރު ސިޓީގައި ދިރިއުޅޭ މުސްލިމުން ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَގެ އުފަން ދުވަސް، ޢީދުލްމީލާދުއްނަބިއްޔާ ފާހަގަކުރަމުންދަނިކޮށެވެ. އޭގެތެރެއިން އަވަށްޓެރި ބަޔަކު ވަނީ "އަހަރެން ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَދެކެ ލޯބިވޭ" ލިޔެފައިވާ ބޯޑެއް ދިއްލާފައި ބަހައްޓާފައެވެ.

"އަހަރެން ނިއުޔޯކްދެކެ ލޯބިވޭ" (I Love New York) މި ލިޔުމާ އެއްގޮތަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮޕީކޮށްފައިވާ މި ބޯޑު، ބަހައްޓުމުން ބައެއް ހިންދޫންގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ. ފުރަތަމަ އެމީހުންގެ ޝަކުވާގައި ބުނެފައިވަނީ، ދިއްލާފައިވާ މި ބޯޑަކީ އުއްތަރަ ޕްރަދޭޝްގެ ޤާނޫނުތަކާ ޚިލާފަށް، ދީނީ މުނާސަބަތުތަކުގައި އަލަށް ތައާރަފުކުރާ އެއްޗެއް ކަމަށެވެ. ކާންޕޫރުގެ އާބާދީގެ 20 އިންސައްތައަކީ މުސްލިމުންނެވެ.

ނަމަވެސް، މި ޝަކުވާތަކަށް ބިނާކޮށް ފުލުހުން ވަނީ ސަތޭކައެއްހާ މީހުންނާ ދެކޮޅަށް "ދީނީ ގޮތުން ނަފްރަތު އުފެއްދުން" ފަދަ ސީރިއަސް ދައުވާތަކެއް ކޮށްފައެވެ. މި ދައުވާއަކީ ކުށް ސާބިތުވެއްޖެނަމަ ފަސް އަހަރުގެ ޖަލު ހުކުމެއް އަންނާނެ ކުށެކެވެ.

ކާންޕޫރުގެ މި ހާދިސާއާ ގުޅިގެން މުސްލިމް ސިޔާސީ ލީޑަރުންގެ ފުޅާދާއިރާއެއްގައި ފާޑުކިޔުންތައް އަމާޒުވިއެވެ. އަދި ފުލުހުންގެ މި ހަރަކާތްތަކާ ދެކޮޅަށް މުޒާހަރާތައް ދެކުނު އިންޑިއާގެ ތެލަންގަނާ، ހުޅަނގުގެ ގުޖުރާތު އަދި މަހާރަޝްޓުރާ، އަދި އުތުރުގެ އުއްތަރަޚަންޑް އަދި ޖައްމޫ ކަޝްމީރު ހިމެނޭހެން އެހެނިހެން ސްޓޭޓުތަކަށް ފެތުރިގެން ދިޔައެވެ. "އަހަރެން ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَދެކެ ލޯބިވޭ" މި ލިޔުން ޕޯސްޓަރުތަކާއި، ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުން ފެންނަން ފެށިއެވެ.

ކާންޕޫރުން 270 ކިލޯމީޓަރު (168 މޭލު) ދުރުގައި އުއްތަރަ ޕްރަދޭޝްގެ ބަރޭލީގައި، ކާންޕޫރުގައި މުސްލިމުން ހައްޔަރުކުރުމާ ދެކޮޅަށް ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ރަށު އިމާމެއް ގޮވައިގެން ބޭއްވި މުޒާހަރާއެއްގައި ބައިވެރިވި ބަޔަކު ފުލުހުންނާ ހަމަނުޖެހުން ހިންގާފައިވެއެވެ.ފުލުހުން ވަނީ މިކަމަށް ވަރުގަދަ ރައްދެއް ދީ، އިމާމް ތައުގީރު ރާޒާ އާއި އޭނާގެ ގާތްތިމާގެ މީހުންން ހިމެނޭ ގޮތަށް 75 މީހުން ހައްޔަރުކޮށްފައެވެ. އަދި ހައްޔަރުކުރެވުނު މީހުންނަށް ނިސްބަތްވާ މަދުވެގެން ހަތަރު އިމާރާތެއް އެ ސަރަހައްދުގެ އޮފިޝަލުން ވަނީ ބުލްޑޯޒްކޮށް ހަލާކުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން