Ads by Stelco

ޚަބަރު

ކޮމަންޑޫގެ ބިން ހިއްކައި އެއާރޕޯޓު ތަރައްޤީ ކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފި

ކޮމަންޑޫގެ ބިން ހިއްކައި އެއާރޕޯޓު ތަރައްޤީ ކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފި

މަންޑޫގެ ބިން ހިއްކައި އެއާރޕޯޓު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

14 އޮކްޓޯބަރު 2025، 08:10

14 އޮކްޓޯބަރު 2025، 08:10

ށ. ކޮމަންޑޫގެ ބިން ހިއްކުމަށާއި އެ ރަށުގެ އެއާރޕޯޓު ތަރައްޤީ ކުރުމަށް މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިލަދުންމަޑުލު އުތުރުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކޮމަންޑޫއަށް ކުރެއްވެވި ޒިޔާރަތުގައެވެ.

ކޮމަންޑޫ އެއަރޕޯޓު ތަރައްޤީކޮށް، އޮޕަރޭޓްކުރުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރަތުން ސޮއިކުރެއްވީ، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު، އޮނަރަބަލް މޫސާ ޒަމީރެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުހައްމަދެވެ.

ކޮމަންޑޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، އެއަރޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ވެސް ވަނީ ފަށާފައެވެ. 

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ މާލީ ވަޒީރު، އޮނަރަބަލް މޫސާ ޒަމީރެވެ. 

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުތަކަކީ، ރައްޔިތުންނާ ގާތަށް ވަޑައިގެން، ރައްޔިތުން ބޭނުންވާ ގޮތަށް ތަރައްޤީގެ ކަންކަން ކުރިޔަށް ގެންދެވުމަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅެކެވެ. އެގޮތުން، މިލަދުންމަޑުލު އުތުރުބުރިއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން