ދުނިޔެ

އަފްޣާނިސްތާނާއި ޕާކިސްތާނުގެ ކޯޅުން: އެތައް ބަޔަކު ޒަޚަމްވެ މަރުވެއްޖެ

އަފްޣާނިސްތާނާއި ޕާކިސްތާނުގެ ކޯޅުން: އެތައް ބަޔަކު ޒަޚަމްވެ މަރުވެއްޖެ

ހަމަލާބަދަލުކުރުން ތަކުގެ ތެރެއިން އަނިޔާވިމީހެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޮކްޓޯބަރު 2025، 01:09

15 އޮކްޓޯބަރު 2025، 01:09

ޕާކިސްތާނާއި އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދުގައި ދެ ޤައުމުގެ ސިފައިންގެ މެދުގައި ހިންގި ހަމަލާބަދަލުކުރުން ތަކެއްގައި ގިނަ ޢަދަދެއްގެ މީހުން މަރުވެ، އަނިޔާވެއްޖެއެވެ.

 މިއީ ކުރީގެ އެކުވެރި ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަސަދަވެރިކަން އިތުރަށް ފުންވެގެން ދިޔުމުގެ ހާދިސާއެކެވެ.

އަންގާރަ ދުވަހުގެ ރޭ އަފްޣާނިސްތާނުގެ ސްޕިން ބޯލްޑަކް އަދި ޕާކިސްތާނުގެ ޗަމަން ސަރަހައްދުގައި ކުރިއަށްދިޔަ މިކުރިމަތިލުން ތަކުގެ އަސްލަކީ ދެފަރާތުން އެއް ފަރާތަކުން އަނެއް ފަރާތަކަށް ކުރިމަތިކުރަމުންދާ ދޮގު ތުހުމަތުތަކެވެ.

 ޠާލިބާން ސަރުކާރުގެ ތަރުޖަމާނު ޒަބީހުﷲ މުޖާހިދު ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް" ގައި، ޕާކިސްތާނުގެ ފަރާތުން ލުއި އަދި ބަރު ހަތިޔާރު ބޭނުންކޮށްގެން ހަމަލާދިނުމުގެ ސަބަބުން 12 އާންމު ރައްޔިތުން މަރުވެ، 100 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް ބުނެފައެވެ.

ސްޕިން ބޯލްޑަކް ސަރަހައްދުގެ ނޫސްވެރިންގެ ތަރުޖަމާނު އަލީ މުހައްމަދު ހަގްމަލް ވިދާޅުވި ގޮތުގައި މަރުވި އާންމުންގެ އަދަދަކީ 15 އެވެ. އޭ.އެފް.ޕީ ނޫސް އޭޖެންސީން ނަގާފައިވާ ރިޕޯޓެއްގައި ސަރަހައްދުގެ ހޮސްޕިޓަލް އޮފިޝަލަކު ބުނެފައިވާ ގޮތުގައި ޒަޚަމްވި މީހުންގެ ތެރޭގައި 80 އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

ނަމަވެސް ޕާކިސްތާނުގެ އޮފިޝަލުން ބުނާ ގޮތުގައި ފުރަތަމަ ހަމަލާ ދިނީ އަފްޣާނިސްތާނުގެ ޠާލިބާނުންނެވެ. ރޮއިޓަރސް ނޫސް އޭޖެންސީން ނަގާފައިވާ ރިޕޯޓެއްގައި ނަން ހާމަނުކުރާ ސެކިއުރިޓީ އޮފިޝަލުން ބުނެފައިވާ ގޮތުގައި މި ހަނގުރާމައިގައި ޕާކިސްތާނުގެ 6 ސިފައިން ވަނީ މަރުވެފައެވެ.

ހޮނިހިރު ދުވަހުން ފެށިގެން ދެ ޤައުމުގެ ދެމެދުގައި ހިނގަމުންދާ ހަނގުރާމަތަކުގައި ދެފަރާތުން ގިނަ އަދަދެއްގެ މީހުން މަރުވެ، ޒަޚަމްވެފައިވެއެވެ. ސަޢުދީ ޢަރަބިއްޔާ އަދި ޤަތަރުގެ އިލްތިމާސްތަކަށް ފަހު އާދީއްތަ ދުވަހު ހަނގުރާމަ ހުއްޓުނު ނަމަވެސް، ދެ ޤައުމުގެ ދެމެދުގައިވާ ހުރިހާ ބޯޑަރު ކްރޮސިންގްތައް ވަނީ ބަންދުކުރެވިފައެވެ.

ޕާކިސްތާނުން ވަނީ އަފްޣާނިސްތާނުގެ ސަރުކާރުން ޕާކިސްތާން ޠާލިބާން (ޓީ.ޓީ.ޕީ) އާއި ގުޅުން ހުރި ހަނގުރާމަވެރިންނަށް ފިލާތިބުމުގެ ޖާގަ ދޭކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އަފްޣާނިސްތާނުގެ ސަރުކާރުން މި ތުހުމަތު ދޮގުކޮށް، އެހެން ޤައުމުތަކާ ދެކޮޅަށް އެ ގައުމުގެ ބިން ބޭނުންކުރަން ނުދޭނެ ކަމަށް ބުނެފައިވެއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން