Ads by Stelco

ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅެމުންދާ 132 ބިދޭސީއެއް ފުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފި

ޤަވާއިދާ ޚިލާފަށް އުޅެމުންދާ 132 ބިދޭސީއެއް ފުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުނެފި

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އޮޕަރޭޝަނަކަށް ތައްޔާރުވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޮކްޓޯބަރު 2025، 02:27

15 އޮކްޓޯބަރު 2025، 02:27

ރާއްޖޭގައި ޤަވާއިދަ ޚިލާފަށް އުޅެމުންދާ 132 ބިދޭސީއެއް އިމިގްރޭޝަންގެ ދަށަށް ގެންގޮސް އެމީހުން ފުރުވާލުމުގެ މަސައްކަތް ކުރިއަށްދާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ. 

އިމިގްރޭޝަނުން ބުނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 132 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް، އެމީހުން އަނބުރާ އެމީހުންގެ ޤައުމަށް ފުރުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއީ މިދިޔަ ސެޕްޓެމްބަރު މަހު މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިގެން ފެށި ޤައުމީ މަޝްރޫޢުގެ ދަށުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާއެކެވެ. ރާއްޖެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ތިން މަރުހަލާއަކަށް ބަހާލައިގެން މަސައްކަތްތަކެއް ކުރަމުންނެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި އެންމެ ފަހުން ހުޅުމާލޭ ފޭސް 1 ގައި ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 12 ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ 5 މީހަކާއި، ބިދޭސީން ރެކްރޫޓްކޮށް އޭޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވި 3 މީހަކާއި، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރަމުންދިޔަ 4 މީހެކެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިހާތަނަށް 178,000 އަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ވަނީ އާންމުކޮށްފައެވެ. އަދި ބަޔޯމެޓްރިކްސް އަދާހަމަނުކުރާ 27,000 ބިދޭސީން އެކްސްޕެޓް ސިސްޓަމުން ދައްކާކަން ފާހަގަކުރެވިފައިވެއެވެ.

މީގެއިތުރުން، ބިދޭސީންނާ ގުޅުންހުރި ފީތައް ނުދައްކާތީ 8,000 އަށްވުރެ ގިނަ ވަޒީފާދޭ ފަރާތްތައް ވަނީ އެކްސްޕެޓް ސިސްޓަމުން ސަސްޕެންޑް ކުރެވިފައެވެ. ސަރުކާރުން މިހާރު އަންނަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންނެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން