Ads by Stelco

ޚަބަރު

މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މުސޫން ގޯސް، ހުދު ސަމާލު ދަންމާލައިފި

މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މުސޫން ގޯސް، ހުދު ސަމާލު ދަންމާލައިފި

ރާއްޖޭގެ ރިޒޯޓަކަށް މޫސުން ގޯސްވެފައި.

farudhun logo

ފަރުދުން

15 އޮކްޓޯބަރު 2025، 03:07

15 އޮކްޓޯބަރު 2025، 03:07

މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކޮށްފިއެވެ. 

ރާއްޖޭގައި ހުޅަނދު މޫސުމުގެ ބާރު ގަދަވެ، މި މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުތައް ގަދަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަރާނޭ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން މީގެ ކުރީން ވަނީ ބުނެފައެވެ.

ވުމާ އެކު، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނޭ ކަމަށް ލަފާކޮށް، ރ. އަތޮޅުން ފެށިގެން ސ. އަތޮޅާ ހަމައަށް މޫސުމާ ބެހޭ އިދާރާއިން އަދު ހެނދުނު ވަނީ ހުދު ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު މެންދުރު ފަހު 2:00އާ ހަމައަށެވެ.

ނަމަވެސް، މުސޫމީ ޙާލަތު ބަދަލުނުވެ ދެމި އޮތުމާ އެކު، އެ އިދާރާއިން ވަނީ މި ސަމާލު 2:00އިން މިރޭ 8:00އާ ހަމައަށް ދަންމާލުމަށް ނިންމާފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާގެ ރެކޯޑުތަކަށް ބަލައިލާއިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ރ. އިފުރަށެވެ. އެ ގޮތު، އިފުރަށް ވެހިފައިވަނީ 60 މިލިމީޓަރުގެ ވާރެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ހުޅަނގާއި ހުޅަނގުއުތުރުން، ދެކުނާއި މެދުރާއްޖެތެރޭ އަތޮޅުތަަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނޭ ކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނޭ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވާނޭ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

މީގެ އިތުރުން، މާދަމާއިން ފެށިގެން މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވާރޭ ވެހޭ ވަރު މަދުވެގެން ދާނޭ ކަމަށާއި، ނަމަވެސް ދެކުނާއި އުތުރުގެ އަތޮޅުތަކަށް ވިއްސާރަ ވާނޭ ކަމަށް އެ އިދާރާއިން އަންދާޒާ ކުރެއެވެ. އަދި ހަމަ އެހެންމެ، ރާއްޖޭގެ ހުރިހައި ޙިސާބަކަށް ވެސް މި އަންނަ ހަފްތާގެ އަންގާރައާ ޙިސާބަށް ޢާންމު ވަޔާއި، ކަނޑުތައް ގަދަވާނޭ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފައިވެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާގެ ރެކޯޑުތަކުން ދައްކާ ގޮތުގައި، ފާއިތުވި 24 ގަޑިއިރު ތެރޭގައި އާންމު ވައި އެންމެ ގަދަވެފައިވަނީ މ. މުއަޔްށެވެ. އެ ގޮތުން، މުއްޔަށް 22 މޭލު ބާރުމިނުގައި ވައި ގަދަވެފައިވެއެވެ.

ޚުލާޞާ ގޮތެއްގައި މެޓުން ބުނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ކަނޑުތައް ޢާންމު ގޮތެއްގައި ގަދަވާނޭ ކަމަށާއި، ވަކީން ޚާއްޞަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ ކަނޑުތައް ވަރަށް ގަދަވާނޭ ކަމަށެވެ.

ވައިގަދަވެ ކަނޑުތައް ގަދަވާނޭ ކަމަށް ބެލެވޭތީ، ހުރިހައި ފަރާތްތަކުން (ޚާއްޞަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން) ދަތުރުތައް ފެށުމުގެ ކުރީން މޫސުމާ ބެހޭ އަދާ ހަމަ މަޢުލޫމާތު ހޯދުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ. އަދި ގަދަވަޔާ އެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނޭ ނުރައްކައުތަކުން ސަލާމަތްވުމަށާއި، ލިބިދާނޭ ގެއްލުންތައް ކުޑަކުރުމަށް ރައްކައުތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އެދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން