Ads by Stelco

ޚަބަރު

ކަސްޓަމްސް އިން ހިފަހައްޓައިފައިހުރި ސިގެރޭޓްތައް ވަގަށް ނެގި މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފި

ކަސްޓަމްސް އިން ހިފަހައްޓައިފައިހުރި ސިގެރޭޓްތައް ވަގަށް ނެގި މައްސަލައިގައި ހިމެނޭ މީހުންގެ ވަނަވަރު އާންމުކޮށްފި

ވަގަށް ނެގި ސިގިރޭޓް ފޮށި ތަކުގެ މައްސަލާގައި ހައްޔަރުކުރި މީހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

15 އޮކްޓޯބަރު 2025، 05:01

15 އޮކްޓޯބަރު 2025، 05:01

އެޕްރީލް 26 ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި 2 ކޮންޓެއިނަރު ސިނގިރޭޓް ވަގަށް ނެގި މައްސަލައިގައި ހިމެނޭ މީހުންގެ މަޢުލޫމާތު ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އާންމުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މއ. އެވަރ ގްލޯރީ / މާލެ، އަޙްމަދު ޢާރިފް (61 އަހަރު) އާއި ދިގަލި / ބ. އޭދަފުށި، މުޙައްމަދު ވަޙީދު (65 އަހަރު) އާއި ހ. ނިއު ހެޕިނަސް / މާލެ، މުޢާޒު ޢަލީ (48 އަހަރު) އަދި މެދުރޭގެ / ހދ. ވައިކަރަދޫ، ޒިވާރު އިސްމާޢީލް (40 އަހަރު) އެވެ.

މި މައްސަލައިގައި ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަޙްމަދު ޢާރިފް އާއި ޒިވާރު އިސްމާޢީލް 15 ދުވަހަށް، މުޙައްމަދު ވަޙީދު 10 ދުވަހަށް އަދި މުޢާޒު ޢަލީ 5 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ސިނގިރޭޓު ސްޓިކްގެ ޖުމްލަ އަދަދު 13.6 މިލިއަނަށް އަރައެވެ. މި ސިނގިރޭޓުތައް ހުރީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި، 1،360 ކޭސް ސިނގިރޭޓުގެ ގޮތުގައެވެ. ކަސްޓަމްސްއިން ބުނެފައިވާ ގޮތުން، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މި ޝިޕްމެންޓުގެ ޑިއުޓީއަށް 13.6 މިލިއަން ރުފިޔާ އަރާނެއެވެ.

ކަސްޓަމްސްއިން ކުރިން ބުނެފައި ވަނީ ރާއްޖެއަށް ވަގަށް އެތެރެކުރި ސިނގިރޭޓު ފޮށިތައް ފެނުނީ ޕުލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މަޢުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާރމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި ކޮންޓެއިނަރުތައް ހިފަހައްޓާފައި ވަނީ ސައޫދީ ޢަރަބިއްޔާގެ ބިންލާދިން ގުރޫޕުގެ ނަމުގައި ރާއްޖެއަށް ވަގަށް އެތެރެ ކުރަން އުޅެނިކޮށް މި އަހަރުގެ އޭޕްރީލް މަހުގެ 26ވަނަ ދުވަހުއެވެ. މިތަކެތި ހިފަހައްޓައި އެމްޕީއެލްގެ ހުޅުމާލޭގެ ބަނދަރުގައި، އެމްޕީއެލްގެ ބެލުމުގެ ދަށުގައި ބެހެއްޓީ ތަހުޤީޤު ނުނިމޭތީކަމަށް ކަސްޓަމްސްއިން ކުރިން ހާމަކޮށްފައި ވެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓާރމިނަލްގައި ބަހައްޓާފައި ހުރި ސިނގިރޭޓް ވަގަށް ނެގުމުގެ މި މައްސަލައިގެ ތަޙުޤީޤު ފުލުހުން ގެންދަނީ ކުރިއަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން