ޚަބަރު
މިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އިފްތިތާޙުކޮށްފި

މިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އިފްތިތާޙުކުރުން. / ތަޞްވީރު: ރައީސް އޮފީސް.

ފަރުދުން
15 އޮކްޓޯބަރު 2025، 05:03
15 އޮކްޓޯބަރު 2025، 05:03
މިލަދުންމަޑުލު އުތުރުބުރީ މިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް އަދު އިފްތިތާޙުކޮށްފިއެވެ. މި ޚިދުމަތް އެ ރަށުގައި ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅުގެ އާބާދުވެފައިވާ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިލަންދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޚާއްޞަ ޖަލްސާގައެވެ.
މި ޖަލްސާގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
ދިވެހި ރައްޔިތެއް ކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ހުރިހާ އަތޮޅެއްގައި ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެކެވެ. އެ ވަޢުދުފުޅު މިހާރު ފުއްދަވާފައިވާއިރު، ސަރުކާރުން މިހާރު މިސްރާބު ޖަހާފައިވަނީ ވަކިވަކި ރަށްރަށުގައި އެ ދެ ޚިދުމަތް ޤާއިމުކުރުމާ ދިމާއަށެވެ.
President Dr @MMuizzu addresses the people of Sh. Milandhoo, detailing the Government's plans for the island and reiterating his commitment to fulfilling their aspirations. #RayyithunGaathah #ShaviyaniAtollVisit pic.twitter.com/xmqqHbge4t
— The President's Office (@presidencymv) October 15, 2025